ނައިބް ރައީސް ފައިސަލް ނަސީމް

ހަބަރު

ނައިބްރައީސް އައްޑޫ އަށް ވަޑައިގެންފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 15 ޑިސެންބަރު 2022 , ބުރާސްފަތި 09:56   152

ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިއަދުގެ ހެދުނެވެ. ގައުމުގެ ވައިގެ ބަނދަރުން މަރުޙަބާ ދެންނެވީ އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު އާއި ބައެއް ކައުންސިލަރުންނެވެ.

މިތަދުރުފުޅުގައި ސިޓީގެ ހުރިހާ އަވަށްތަކަށް ޒިޔާރަަތްކޮށް ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާނެކަމަށް ރައީސް އޮފީހުން މަޢްލޫމާތު ދެއްވައެވެ. އަދި މިދަތުރުފުޅުގައި ހުޅުމީދޫގައި ހެލްތްސެންޓަރުގައި އަލަށް ފެށޭ ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވާނެއެވެ.

އަދި ހޮނިހިރު ދުވަހު ފުވައްމުލައް ސިޓީ އަށް ވަޑައިގެން އެއަތޮޅު ތަޢްލީ މަރުކަޒުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވާ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނެއެވެ. ފޯއްމުލަކުން އެނބުރި މާލެ ވަޑައިގަންނަވާނީ ހޯމަ ދުވަހުއެވެ.

ޓެގްސް: އައްޑޫ ނައިބްރައީސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.