ސެންޓަރ ފޯ ގުޑް ގަވަރނަންސް، ހައިދްރަބާދު އުފެދުނީ 2001 ވަނަ އަހަރުގެ އޮކްޓޯބަރު މަހު

ހަބަރު

ބަންގްލަދޭޝްއާއި ދިވެހިރާއްޖޭގެ ސަރުކާރުގެ މުވައްޒަފުން ޓްރެއިނިންގ ހޯދުމަށް އިންޑިޔާގެ ގުޑް ގަވާނަންސް ސެންޓަރަށް

ރާނިއާ - އޭޝިއާ | 17 ޑިސެންބަރު 2022 , ހޮނިހިރު 16:48   245

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ގުޑް ގަވާރނަންސް އިން ބަންގްލަދޭޝް އަދި ދިވެހިރާއްޖޭގެ ސަރުކާރު މުވައްޒަފުންނަށް ވަނީ ދެ ހަފްތާ ދުވަހުގެ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމެއް އަންގާރަ ދުވަހު ފަށާފައެވެ.

ބަންގްލަދޭޝްއިން 39 ސަރުކާރުގެ މުވައްޒަފަކާއި، ރާއްޖެއިން 27 މީހަކު މި ދެ ޕްރޮގްރާމުގައި ބައިވެރިވާ ކަމަށް ދަ ހިންދޫ އިން ވަނީ ރިޕޯޓްކޮށްފައެވެ.

އިންޑިއާ ސަރުކާރުގެ ބަޔާނެއްގައި ބުނެފައި ވަނީ ވެރިކަން ހިންގުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ސިވިލް ސާވަންޓުންގެ ކެޕޭސިޓީ ބިނާކުރުމަށާއި އާންމު ހިދުމަތް ފޯރުކޮށްދިނުމުގެ ޔަގީންކަން ދިނުމަށް އަވަށްޓެރި ގައުމުތަކަށް އެހީތެރިވަމުން އަންނަ ކަމަށެވެ.

މި ސެންޓަރު ބިނާކޮށްފައިވަނީ 2014 ވަނަ އަހަރު މުސޫރީގައެވެ.

ނޭޝަނަލް ސެންޓަރ ފޯ ގުޑް ގަވަރނަންސް އިންޑިއާއިން މިހާތަނަށް ބަންގްލަދޭޝް، ކެންޔާ، ޓެންޒޭނިއާ، ޓިއުނީޝިއާ، ސީޝެލްސް، ގަމްބިއާ، ދިވެހިރާއްޖެ، ސްރީލަންކާ، އަފްޤާނިސްތާން، ލާއޯސް، ވިއެޓްނާމް، ބޫޓާން، މިޔަންމާ އަދި ކެމްބޯޑިއާ ފަދަ 15 ގައުމެއްގެ ސަރުކާރުގެ މުވައްޒަފުންނަށް ތަމްރީން ދީފައިވާ ކަމަށް ދަ ހިންދޫ އިން ވަނީ އިތުރަށް ފާހަގަކޮށްފައެވެ.

ޓެގްސް: އިންޑިއާ ބަނގްލަދޭޝް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.