އެކްވާޑޮމް އަކީ ބާލިންގެ ރެޑިސަން ކަލެކްޝަން ހޮޓަލުގެ ތެރޭގައި ޓްރާންސްޕޭރެންޓް އެކްވޭރިއަމްއެއް

ހަބަރު

ބާލިންގެ ޖަޔަންޓް އެކްވާޑޮމް ހޮޓެލް އެކްވޭރިއަމްގައި 1،500 މަސް ހިމެނޭ އެކްވޭރިއަމް ގޮވައިފި

ރާނިއާ - ޔޫރަޕް | 20 ޑިސެންބަރު 2022 , އަންގާރަ 08:30   104

ބާލިންގެ ރެޑިސަން ބްލޫގެ ލޮބީގައި މިލިއަން ލީޓަރުގެ ފެން ހިމެނޭ ޖަޔަންޓް އެކްވޭރިއަމްއެއް ފަޅައިގެން ގޮސް ހޮޓަލާއި ކައިރީގައިވާ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

"އެކްވާޑޮމް" އަކީ 1،500 މަސް ތިބި އުސްމިނުގައި 15.85 މީޓަރު (52 ފޫޓު) ހުރުމާއެކު، ދުނިޔޭގެ އެންމެ ބޮޑު ފްރީ ސްޓޭންޑިން ސިލިންޑްރިކަލް އެކްވޭރިއަމްއެވެ.

މިއެކްވޭރިއަމް ފަޅައިދިޔުމާއެކު ބިއްލޫރި ވެއްޓި ދެ މީހަކަށް ވަނީ އަނިޔާވެސްވެފައެވެ.

ފުލުހުން ބުނީ "ގަބޫލުކުރަން ދަތި" ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ސޯޝަލް މީޑިޔާގައި ދައުރުވަމުން އަންނަ ވީޑިއޯގައި ހުސް ޓޭންކުން ލޮބީއަށް ފެން އޮހޮރެމުން އަންނަ ތަން ފެނެއެވެ.

ބާލިން ގަޑިން 05:50 ގައި ހިނގި މި ހާދިސާއާ ގުޅިގެން ގެސްޓުން ވަނީ ހޮޓަލުން ބޭރަށް ބަދަލުކޮށްފައެވެ.

ބާލިންގެ ފަޔާ ބްރިގޭޑްގެ ތަރުޖަމާނަކު ބީބީސީއަށް ވިދާޅުވީ މަސްތަކުގެ ބޮޑު ބައެއް މަރުވެފައިވާއިރު، ފިނި މޫސުމުގެ ސަބަބުން ސަލާމަތް ކުރުމުގެ މަސައްކަތްތައްވެސް އިތުރަށް ދަތިވެފައިވާ ކަމަށެވެ. މި ޓޭންކުގައި މަހުގެ 100 އެއްހާ ބާވަތްތަކުގެ މަސް ދިރިއުޅެމުން އައިސްފައިވާ ކަމަށް ވެސް ފާހަގަކޮށްލެވެއެވެ.

ނަމަވެސް ފަޔާ ބްރިގޭޑްގެ އޮފިޝަލް ޖޭމްސް ކްލޭއިން ފަހުން ލޯކަލް މީޑިއާއަށް ވިދާޅުވީ ބާކީ ހުރި ފެން ޖަމާވެފައިވާ ތަންތަނުން ބައެއް މަސް ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި މިމަސްތައް މިވަގުތަކަށް އެހެން އެކެވޭރިއަމް ތަކުގައި ބަހައްޓާފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އަދި އެސޯސިއޭޓެޑް ޕްރެސް އިން އޮފިޝަލުންނާއި ހަވާލާދީ ބުނެފައިވަނީ ކާރިސާގެ ސަބަބުން އޮކްސިޖަން މަހުރޫމްވެފައިވާ ހޮޓަލުގެ ލޮބީގެ ދަށުގައި ހުރި ކުދި ޓޭންކްތަކުގައި އިތުރު 400-500 މަސް ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޓެގްސް: ޖަރުމަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.