ދިވެހި އެފްއެމް އެވޯޑްސް، ފޮޓޯ: ޕީއެސްއެމް

ހަބަރު

އަޝްފާ، ޝަލަބީ، ޝަމްވީލް އަދި ސިމްބޮލިކްއަށް 2021 ދިވެހި އެފްއެމް އެވޯޑް

ރާނިއާ - ދިވެހި ރާއްޖެ | 23 ޑިސެންބަރު 2022 , ހުކުރު 10:06   116

ދިވެހި އެފްއެމްއިން 2021 ވަނަ އަހަރުގައި ގެނެސްދިން އެކި ޝޯތަކާއި ޕްރޮގެރާމްތަކުގައި އެހުންތެރިންގެ މެދުގައި އެންމެ މަޝްހޫރު ފަންނާނުންނަށް ވަނީ އެވޯޑްތަކެއް ދީފައެވެ. މި އެވޯޑް ޝޯ ބާއްވާފައިވަނީ ޓީވީއެމްގެ މަލްޓީޕާޕަސް ސްޓޫޑިއޯގައެވެ.

ދިވެހި ފަންނާނުންގެ އަގުވަޒަން ކުރުމަށް ބޭއްވި މި އެވޯޑް ޝޯގައި ޕަބްލިކް ސާވިސް މީޑިއާއައި، ޕީއެސްއެމްގެ އިސްވެރިންނާއި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި މަސައްކަތްކުރާ އެކި ފަންނާނުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިފަހަރު އެވޯޑް ހަފްލާގާއި 4 ކެޓަގަރީއަކުން އެވޯޑް ދީފައި ވާއިރު އޭގެ ތެރޭގައި، އެންމެ ގިނައިން އެހުންތެރިން ރިކުއެސްޓްކުރި ލަވަ (އަންހެން) ، އެންމެ ގިނައިން އެހުންތެރިން ރިކުއެސްޓްކުރި ލަވަ (ފިރިހެން)، އެހުންތެރިންގެ މެދުގައި އެންމެ މަގުބޫލު ބޭންޑު އަދި އެހުންތެރިންގެ މެދުގައި އެންމެ މަގުބޫލު ލަވަ މީގެ ތެރޭގައި ހިމެނެއެވެ.

މި އެވޯޑްތައް ދީޫފައިވަނީ ދިވެހި އެފްއެމްއިން 2021 ގައި އޮންއެއަރ ކުރި ލަވަތަކުގެ ރެކޯޑުތަކަށް ބަލައިގެންނެވެ.

އެންމެ ގިނައިން އެހުންތެރިން ރިކުއެސްޓްކުރި ލަވަ (އަންހެން) އެވޯޑް ލިބިފައިވަނީ މަރިޔަމް އަޝްފާއަށެވެ. އަދި މިއެވޯޑް އިއުލާންކޮށްދެއްވާ ހަވާލުކޮށް ދީފައި ވަނީ ނަންމަޝްހޫރު ލަވަކިޔުންތެރިޔާ ރާފިއަތު ރަމީޒާއެވެ.

އަދި އެންމެ ގިނައިން އެހުންތެރިން ރިކުއެސްޓްކުރި ލަވަ (ފިރިހެން) އެވޯޑް ލިބިފައިވަނީ ޝަލަބީ އިބްރާހިމަށެވެ. މިގޮތުން މިއެވޯޑް އިއުލާންކޮށްދެއްވާ ހަވާލުކޮށް ދެއްވާފައި ވަނީ އަހުމަދް އަމީރެވެ.

އަހަރުގެ އެންމެ މަގުބޫލު ލަވަ އިއުލާންކޮށްދެއްވާ، ހަވާލުކޮށްދެއްވާފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝިފާ ތަޢުފީޤެވެ. އަދި މި އެވޯޑް ލިބިފައިވަނީ ޝަމްވީލް މުޙައްމަދު ކިޔާފައިވާ "އޮޑި ދީލާ" މި ލަވައަށެވެ.

2021ގެ އެންމެ މަގުބޫލު ބޭންޑުގެ އެވޯޑް ހޯދާއިފައިވަނީ ގިން ދިވެހިންގެ ތެރޭގައި މަޝްހޫރު ސިމްބޮލިކް ރެކޯޑްސްއެވެ. އަދި ސިމްބޮލިކް ރެކޯޑްސް އާއި މި އެވޯޑް ހަވާލުކޮށް ދީފައިވަނީ ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަމީމެވެ.

ޓެގްސް: މިއުޒިކް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.