ދައުލަތުން ބޭނުންވީ 19އަހަރަށް ޖަލަށްލުމަށް

ހަބަރު

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 25 ޑިސެންބަރު 2022 , އާދީއްތަ 12:37   229

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑައިންގ އާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ 11 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ. މި ޙުކުމް އިއްވާފައިވަނީ އާދީއްތަދުވަހުގެ އިރުއޮއްސި 6 ޖަހަން އުޅެނިކޮށެވެ.

ޝަރީޢަތް ކުރިއަށް ގެންގޮސްފައިވަނީ އާދީއްތަ ދުވަހުގެ ހެނދު ކްރިމިނަލް ކޯޓުގައެވެ. އަދި ޙުކުމް އިއްވުމަށްޓަކައި ކޯޓަށް ގެންދެވުނީ މެންދުރު 2 ޖެހިއިރުއެވެ.

ޔާމީންގެ މައްޗަށް ހުށަހަޅާފައިވާ ދެ މައްސަލައިގެތެރެއިން އެއް މައްސަލައަކީ، ޖުމްލަ އެއްމިލިއަން ޑޮލަރުގެ މިމައްސަލައަކީ ވ. އަތޮޅު އާރަށް ކުށްޔަށް ދިނުމުގައި ހިންގާފައިވާ ކަރަޕްޝަނާއި، އެމްއެމްޕީއާރުސީ ޚިޔާނާތް ހިމެނޭ މައްސަލައެކެވެ.

ހުކުމް އިއްވަމުން އާދީއްތަދުވަހު ހެނދުނު، ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ސިޔާސީ ކަންކަމަށް ލިބުނު ފައިސާކަމަށް ބުނެފައިވީނަމަވެސް، ޕީޕީއެމްގެ މާލީ ހިސާބުތަކުން އެކަން ނުފެންނަކަމަށާއި، ރައީސް ޔާމީން ރިޝްވަތު ނެންގެވިކަމަށް، ޝައްކެތް ނެތް މިންވަރަށް ސާބިތުވާކަމަށެވެ.

މައްސަލައިގެ އަޑު އިއްވުން އިއްވާފައިވަނީ، ތާވަލުކުރި ގަޑިއަށް ވުރެ ދެގަޑިއިރު ފަހުންނެވެ.

މީގެ ކުރިން އިދިކޮޅުން ބުނެފައިވަނީ، ރައީސް ޔާމީނަށް ހުކުމް އިއްވައިފިނަމަ މަގު މައްޗަށް ނިކުމެ މުޒާހިރާ ކުރާނެކަމަށެވެ.

މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

ރިޝްވަތުގެ މިދައުވާ ސާބިތުވުމުން މަދުވެގެން ތިން އަހަރުގެ ޖަލު ހުކުމެއް ކުރަންޖެހޭނެއެވެ. އަދި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ، ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށް ބެލެވެއެވެ.

އަދި ޙުކުމް އިއްވުމުގެ މަރުޙަލާ ފުރިހަމަ ނުވެއެވެ. ނަމަވެސް ދައުލަތުން އެދިފައިވަނީ 19 އަހަރަށް ޖަލަށް ލުމަށެވެ.

މުސާރަ ނުބައްދަލު އާމްދަނީއެއް ލިބުމުން ސުވާލު އުފެދޭ. އެއީ ޔާމީނަށް ލިބިވަޑައިގަތް ހުއްދަ ނޫން މަންފާއެއް. ޔާމީނަށް ލިބިވަޑައިގަތީ އާރަށުގެ ރިޝްވަތުގެ ފައިސާ.

~ ހުކުމްގެ ޚުލާސާ ބަޔާނުން

ދައުލަތުން ހުކުމް އިއްވުމަށް އެދިފައިވާ ގޮތް

  • ރިޝްވަތު ދިނުމާއި ޤަބޫލުކުރުން - 8 އަހަރަށް ޖަލަށް ލުމަށް
  • މަނީ ލޯންޑަރކުރުން - 11 އަހަރަށް ޖަލަށްލުމަށް

ހުކުމާއިމެދު ގޮތެއް ނިންމުމަށް އިތުރު އަޑުއެހުމެއް މެންދުރު 2.00ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ދައުލަތުން ހުށަހަޅާފައިވާގޮތަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވައިފިނަމަ، ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ގެއްލޭނެއެވެ.

މިމައްސަލައިގައި ކްރިމިނަލް ކޯޓުން ހުކްމް އިއްވުމުން، އެމަނިކުފާނަށް ހައިކޯޓަށް މައްސަލަ ހުށެހެޅުމުގެ ފުރުޞަތު ލިބޭނެއެވެ. އޭގެ ފަހުން، އިންތިޚާބުގައި ވާދަކުރާނަމަ، ސުޕްރީމްކޯޓުގެ ބަހެއް ހޯދަން ޖެހޭނެއެވެ. ނަމަވެސް، ހުރިހާ މަރުޙަލާތައް ކަޑައްތުކުރުމަށް، އިންތިޚާބާއި ދެތެރޭ އެކަށީގެންވާ ވަގުތު ނޯންނާނެކަމަށް ގާނޫނީ ތަޖުރިބާކާރުން ދެކެވަޑައިގަނެއެވެ.

އެންމެ ފަހުން އަޕްޑޭޓްކުރީ : 18:04

ޓެގްސް: ކުށްކުރުން އިންތިޚާބު ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.