އާއަހަރު ފާހަގަކުރުމަށް ހުޅުމާލޭގައި ބޭއްވުނު ޝޯގެތެރެއިން

ހަބަރު

ރިޒޮލިއުޝަނެއް ހޯދިއްޖެބާ؟ އާއަހަރަކަށް މަރުޙަބާ!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 1 ޖެނުއަރީ 2023 , އާދީއްތަ 07:58   152

ދުނިޔޭގެ އެކިކަންކޮޅުތަކުގައި، އެތައް ބިލިއަން މީހުން އާއަހަރު ފާހަގަކުރަމުން ދާއިރު، މިފެށޭ މީލާދީ އާއަހަރަށް، އެކްސްޕްރެސް ނިއުސްގެ ހުރިހާ ކިޔުންތެރިންނަށް މަރުޙަބާކިޔަމެވެ.

މިފެށޭ އާއަހަރަކީ އާއަހަރަކީ އާ ޢަޒުމަކާއި އާ ހިތްވަރަކާއިއެކު އާކަންތައްތަކެއް ކުރަންވީ އަހެރެވެ. ފާއިތުވެގެން ދިޔަ އަހަރުން ފިލާވަޅު ލިބިގަނެ، ނުކުރެވިހުރި ކަންތައްތަކުގެ ތެރެއިން ކަންތަކެއް ފުރިހަމަކޮށް، ފިޔަވަޅުތަކެއް ކުރިއަށް ޖެހިލަންވީއަހަރެވެ.

ތިބާގެ އާއަހަރުގެ ލަނޑުދަނޑި އަކީ ގޯސް ކޮންމެވެސް އާދައެއް ދޫކޮށްލުންކަމަށް ވެދާނެއެވެ. ނުވަތަ ޙަޔާތުގައި ކުރަން ބޭނުންވެ، ފަށައި ނުގަނެވިއޮތް ކަމެއްގެ ފެށުންކަމަށް ވެސް ހެދިދާނެއެވެ.

މިގޮތުން އާއަހަރާއި ދިމާކޮށް އެންމެގިނަބަޔަކު ޢަޒުމް ކަނޑައަޅާ 10 ކަން ވެސް މިފުރުޞަތުގައި ބަޔާންކޮށްލާނަމެވެ.

  1. ގަދަޔަށް ކަސްރަތުކުރުން
  2. ބަރުދަން ލުއިކުރުން
  3. ދުންފަތާއި ދުރުވުން
  4. ތަންކޮޅެއްބޮޑަށް ރޭވުންތެރިވެގަތުން
  5. އާހުނަރެއް ދަސްކުރުން
  6. އާ ހޮބީއެއް ހޯދުން
  7. ގިނައިން ފައިސާ ރައްކާކުރުން
  8. މަދުން ފައިސާ ޚަރަދުކުރުން
  9. ޢާއިލާ އަދި ރައްޓެހިންނަށް ވަޤުތުދިނުން
  10. ގިނައިން ދަތުރުކުރުމާއި، ފޮތްކިޔުން

މިތަނުން ތިބާގެ ޢަޒުމަކަށް ވެދާނެ ކަމަކީ ކޮބާހެއްޔެވެ؟

ޓެގްސް: ޚާއްޞަކޮށް ފާހަގަކުރާ ދުވަސްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.