185 މިލިއަން ރުފިޔާއަށް ޗައިނާގެ ހުނާން އިންޖިނިއަރިންގ އަށް ޙަވާލުކޮށް ހުޅުމާލޭގައި ހެދުނު ސަރުކާރު އޮފީސް ޢިމާރާތުގައި ސޮއިކުރަނީ

ހަބަރު

ތިން މިނިސްޓްރީއެއް ހިންގުން ހުޅުމާލެއަށް ބަދަލުކުރަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 2 ޖެނުއަރީ 2023 , ހޯމަ 08:41   250

ހުޅުމާލޭގައި ތަރައްޤީކުރާ އާ އޮފީސް ޢިމާރާތުގެ މަސައްކަތްނިމި މިހާރުވަނީ އެއިމާރާތް ސަރުކާރާއި ޙަވާލުކޮށްފައެވެ. ސަރުކާރުން ވަނީ ކުރިއަށް އޮތް ދެހަފްތާ ތެރޭގައި އެއީ ތިން މިނިސްޓްރީއެއް ހިންގުން ބަދަލުކުރުމަށް ނިންމާފައެވެ.

އެތިން މިނިސްޓްރީ އަކީ (1) މިނިސްޓްރީ އޮފް ޖެންޑާރ ފެމިލީ އެންޑް ސޯޝަލް ޕްރޮޓެކްޝަން (2) މިނިސްޓްރީ އޮސް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި (3) މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނެވެ. މީގެ އިތުރުން އެމެރިން އެމްބަސީގެ އޮފީސް ވެސް މިޢިމާރާތައް ބަދަލުކުރާނެކަމަށް މަޢްލޫމާތު ލިބިފައިވެއެވެ.

ފަސް ބުރިއަށް ހަދާފައިވާ މިޢިމާރާތުގެ ކޮންމެ ފްލޯއެއްގައި 25،000 އަކަފޫޓު ހުރެއެވެ. ޖުމްލަ 85 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހެދި މިއިމާރާތުގެ މަސައްކަތް ޙަވާލުކުރީ ޗައިނާގެ ހުނާން އިންޖިނިއަރިން އާއި 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

ހުރަވީ ބިލްޑިންގ ބާވެގެން ތަޅާލަންޖެހުމުން ސަރުކާރު އޮފީސްތަކަށް ދިމާވިދަތިތަކަށް މިއޮފީސް ޢިމާރާތާއިއެކު ޙައްލު ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

ޓެގްސް: ސަރުކާރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.