އެމްޑީޕީ ސެކެޓްރިއޭޓް، 900 އެއްހާ ޝަކުވާ ހުށަހެޅުނުއިރު، 683 މީހުންގެ ފޯމު ވަނީ ބަލައިގެންފައި

ހަބަރު

އެމްޑީޕީ، އިލެކްޝަނުގައި ނެތް މެމްބަރުން ވޯޓާސް ލިސްޓުގައި ނުހިމަނާނެކަމަށް ކޮމިޓީއިން ބުނެފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 3 ޖެނުއަރީ 2023 , އަންގާރަ 10:20   147

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ޝަރުތު ހަމަކޮށްފައިވާ މީހުން ލިސްޓް ޢާއްމުކޮށްފައިވާއިރު، އެކި ސަބަބުތަކާއިހުރެ ގިނަބަޔަކު ވަނީ އުނިކުރެވިފައެވެ.

އެހެންކަމުން ޕާޓީގެ އެތެރޭ ދަފްތަރުން މީހުން މަދުވެ އަދަދުތަކަށް ބޮޑެތި ބަދަލު އައިސްފައިވެއެވެ.

ކުރިން ގެންގުޅެމުންއައި ދަފްތަރާއި އާޅާކިޔާއިރު 39،000 އެއްހާ މީހުން ވަނީ ލިސްޓުން އުނިކުރެވިފައެވެ.

ވޯޓާސްލިސްޓް ސެކެޓްރިއޭޓުން ޢާއްމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި 900 އަށްވުރެ ގިނަ ފަރާތުން ޝަކުވާ ހުށަހަޅާފައިވާކަމަށް ޕާޓީން ހާމަކޮށްފައިވެއެވެ. އޭގެތެރެއިން ފުރުޞަތު ދެވުނީ 683 މީހުންނަށެވެ. އަދި 212 މީހަކުވަނީ އެހެން ޕާޓިއެއްގެ ރަޖިސްޓްރީގައި ކަމަށެވެ.

ވޯޓުގެ ކަންކަމާއި ގުޅޭގޮތުން ހޮވާފައިވާ ކޮމިޓީގެ މެމްބަރު އިބްރާހިމް ވަޙީދު ބުދަދުވަހު ވިދާޅުވީ ވަކި ކެންޑިޑޭތަކަށް ތާޢީދުކުރާ މެމްބަރުންގެ ނަންތައް އުނިކޮށްފައިވާކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ޕާޓީން ބުނެފައިވަނީ، އިލެކްޝަންސް ދަފްތަރުގައި ނުހިމެނޭ ފަރާތްތަކަށް ޕާޓީ ދަފްތަރުން ޖާގަނުދެވޭނެކަމަށެވެ.

ޓެގްސް: އެމްޑީޕީ އެމްޑީޕީ އެތެރޭގެ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.