ވޯލީބޯލް ކުރިއަރުވައި އާލާކޮށް، ގިނަ ޒުވާންކުދިން ވޮލީ ކުޅުމަށް ޝަޢުޤުވެރިކަން އުފެއްދުމާއި އަހުލުވެރިކުރުމުގެ މަޤްޞަދުގައި ބާއްވާ ކޯޗިންގ ކޭމްޕެއް އައްޑޫ ސިޓީގައި ފެށިގެން ކުރިއަށް އެބަދެއެވެ.
ހަތް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މިކޯޗިންގ ކޭމްޕްގައި ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ރަށުން ބޭރުން ގެނެސްފައިވާ ތަޖުރިބާކާރު ކޯޗެއްކަމަށް އިންތިޒާމްކުރާ ފަރާތްކަމުގައިވާ އައްޑޫ ސިޓީ ފެދޫގެ އަށް ނިސްބަތްވާ ވޮލީޓީމް ވޮރިއާރސް އިން ބުނެފައިވެއެވެ.
އަޅުގަނޑުމެން މި ކޭމްޕް މިބާވަނީ ޗުއްޓީއާއި ދިމާކޮށް. ބޭނުމަކީ ގިނަ ޒުވާނުން ވޮލީކުޅެން ތައްޔާރުކުރުން. އަދި ވޮލީއަށް ޝަޢުޤުވެރިކަން އުފެއްދުން. ޕްރެކްޓިސްތައް ފޭދޫ ވޮލީ ކޯޓުގައި ކުރިއަށްދާނީ، ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4-6 އަށް. އަލަށް ދަސްކުރާކުދިންނަށް ހޯދައިދެވޭ މުހިއްމު ފުރުޞަތެއްކަމަށް ދެކެން.
~ އައިޝަތު ޝީނާ، ޓީމް ވޮރިއާރސްގެ މެނޭޖަރ
މިއީ ޢުމުރުން 12 އަހަރާއި 20 އަހަރާއި ދެމެދުގެ ޒުވާނުންނަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ.



މިލިޔުމާއި ގުޅުންހުރި: