ޝާއިރުންގެ ވާދީގެ އިސްބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެން

ހަބަރު

ޝާޢިރުންގެ ވާދީގެ ދެވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 7 ޖެނުއަރީ 2023 , ހޮނިހިރު 12:55   429

ޝާޢިރުންގެ ވާދީގެ ދެވަނަ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވުނު ރައްމިއްޔާތު ބާއްވާފައިވަނީ އިކުއޭޓަރ ވިލެޖް ރިސޯޓްގެ ބްލޫ ލެގޫން ކޮންފަރެންސް ހޯލުގައި ހުކުރު ދުވަހުގެ ހަވީރުއެވެ.

ޝާޢިރުންގެ ވާދީ އަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން، ދިވެހި ބަހާއި އަދަބިއްޔާތު ކުރިއަރުވައި، ދިވެހިން އާދަކާދަ އާއި ސަޤާފަތް ދެމެހެއްޓުމުގެ މަޤްޞަދުގައި އުފައްދާފައިވާ ޖަމްޢިއްޔާއެއްކަމުގައި އެޖަމްޢިއްޔާއިން މަޢްލޫމާތު ދެއްވާފައިވެއެވެ.

މިޖަމްޢިއްޔާގެ މުއައްޞިސުންނަކީ ހަސަން ލަބީބް ކެމީ ސ.ހިތަދޫ، ސ.ހިތަދޫ ޑައިމަންޑްވިލާ އަޙްމަދު ނާޞިރު، ސ.ހިތަދޫ ދައުހާ ޝަމްސުއްނިސާ، ސ.ފޭދޫ ޑޯރެންސީވިލާ އަބްދުއް ރައްޒާޤް އެވެ.

މިރަސްމިއްޔާތުގައި ނިމިދިޔަ އަހަރުހިންގާފައިވާ ޙަރަކާތްތަކާއި ގުޅޭ ރިޕޯޓް ހުށަހަޅައިދީފައިވެއެވެ. އަދި ހަމައެހެންމެ، އެ ޖަމްޢިއްޔާއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ހަދާނީ ފިލާ އަރުވާފައިވެއެވެ. މީގެތެރޭގައި އެކި މުއައްޞަސާތަކާއި، އަމިއްލަ ވަކި ފަރުދުން ހިމެނެއެވެ.

ޝާއިރުންގެ ވާދީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 121 ފަރާތެއް ޙަރަކާތްތެރިވެެއެވެ. އަދި ހިންގާ ކޮމިޓީގައި 16 މެމްބަރަކު ހިމެނެއެވެ. މި ރަސްމިއްޔާތުގައި ހިންގާ ގޮމިޓީގެ މެމްބަރުންގެތެރެއިން އެންމެ ބޮޑަށް ޖަމްޢިއްޔާއަށް އެހީތެރިކަން ފޯރުކޮށްދީ ޙަރަކާތްތެރިވެފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ އަރުވަފައިވެއެވެ.

މިލިޔުމާއި ގުޅޭ:

ފޮޓޯތައް

ޓެގްސް: އައްޑޫގައި ބޭއްވޭ އިވެންޓްތައް އީކުއޭޓާރ ވިލެޖް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.