ރައީސް ސޯލިހްއަށް އައްޑޫ ސިޓީ ފޭދޫއިން މަރުޙަބާ ދަންނަވަނީ

ހަބަރު

6 ވަޒީރުންނާއި އެކު ރައީސް ސޯލިހް ކެމްޕޭން ދަތުރެއްގައި އައްޑޫސިޓީގައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 14 ޖެނުއަރީ 2023 , ހޮނިހިރު 12:17   221

ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދަންނަވައިފިއެވެ.

ހުކުރު ދުވަހު ހަވީރު ދައުލަތުގެ ހަ ވަޒީރުންނާއިއެކު އައްޑޫ ސިޓީއަށް ވަޑައިގެން ފޭދޫގައި އެމަނިކުފާނު ވަނީ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

އެމަނިކުފާނުގެ އަރިހުގައި އެމަނިކުފާނުގެ މިދަތުރުގައި ވަޒީރުންގެ އިތުރުން ފޮޓޯ ގްރާފަރުންނާއި، ޓީވީ ކްރޫއިންގެ އިތުރުން ރައީސްގެ ތަރުޖަމާނު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

އެންމެ ފަހުން ބޭއްވުނު ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ވަނީ ރައީސްގެ ދަތުރާއި ގުޅޭގޮތުން ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން ވިދާޅުވީ މިއީ ކެމްޕެއިން ދަތުރެއް ކަމަށާއި، ނަމަވެސް ދައުލަތުގެ އެއްވެސް ވަޞީލަތްތަކެއް މިދަތުރުތަކުގައި ބޭނުން ނުކުރައްވާނެކަމަށެވެ.

ރައީސްގެ ކެމްޕޭން ދަތުރުތަކުގައި ރަސްމީ ޖަލްސާތައް ބާއްވާތީ ވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މިލިޔުމާއި ގުޅޭ:

ފޮޓޯތައް

ޓެގްސް: ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.