ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުން، އެމެރިކާ ސަރުކާރުގެ ބޭފުޅުންނާއި ބައްދަލުކުރައްވަނީ، ސެޕްޓެމްބަރު 2022

ހަބަރު

ޖޭޕީ، ރިޔާސީ އިންތިޚާބުގައި ޢަމަލުކުރާނެ ގޮތަކާއިމެދު ގޮތެއް ނިންމަން ކޮންގްރެސްއެއް ބާއްވަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 16 ޖެނުއަރީ 2023 , ހޯމަ 18:56   273

ޖުމްހޫރީ ޕާޓީގެ ފަރާތުން ވަރަށް އަވަހަށް ކޮންގްރެސްއެއް ބޭވުމަށް ތައްޔާރުވަމުންދާކަމަށް އެޕާޓީއިން ބުނެފިއެވެ.

އެޕާޓީގެ ހިންގާ ޤަވައިދު ބުނާގޮތުން ކޮންމެ ފަސްއަހަރަކުން އެއްފަހަރު ކޮންގެރެސްއެއް ބާއްވަން ޖެހެއެވެ. އަދި އިންތިޚާބު އޮންނަ އަހަރުގެ މާޗް މަހުގެ ކުރިން މިބައްދަލުވުން ބާއްވަން ޖެހެއެވެ.

ޖުމްހޫރީ ޕާޓީން އަންނަނީ ހިނގަމުން މިއަންނަ އިބްރާހިމް މުޙައްމަދު ޞޯލިޙްގެ ކޯލީޝަން ވެރިކަމުގައި މުޙިއްމު ރޯލެއް އަދާކުރަމުންނެވެ. އަދި ރައީސް ސޯލިހް ދާދި ފަހުން ވިދާޅުވެފައިވަނީ ކޯލީޝަން ކުރިއަށް އޮތްތަނުގައި ވެސް ދަމަހައްޓާނެކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް މީގެކުރިން އެއްފަހަރު ވެރިކަމަށް ކުރިމަތި ލައްވާނެކަމުގެ ޢިޝާރާތެއްކުރެއްވި ނަމަވެސް، އެކަމާއި މެދު ވަކި ގޮތެއް އަދި ނުނިންމަވާކަމަށް މަޢްލޫމާތު ލިބެއެވެ.

ނަމަވެސް، އެޕާޓީން ބުނަމުންދަނީ ސޯޝަލްމީޑިއާގައި އެމަނިކުފާނަށް ތާޢީދުކޮށް ވެރިކަމަށް ކުރިމަތިލުމަށް އެދެމުންދާތީ އެކަމާއި ވިސްނައި ގޮތެއް ނިންމަން ޖެހިފައިވާކަމަށެވެ. އެޕާޓީން ބުނެފައިވަނީ، މިބައްދަލުވުން ބާއްވާނީ މާޗް މަސްތެރޭގައި ކަމަށެވެ.

ޖުމްހޫރީ ޕާޓީއަކީ އެމްޑީޕީ އާއި ޕީޕީއެމްގެ ފަހަތުން ތިންވަނަ އަށް އެންމެ މެމްބަރުގެ ގިނަ ޕާޓީއެވެ.

ޓެގްސް: ޖުމްހޫރީ ޕާޓީ (ޖޭޕީ) ޤާސިމް އިބްރާހިމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.