އައްޑޫ ސިޓީސްކެއަރގައި 2022 އަހަރު ބޭއްވި ޙަރަކާތެއްގެ ތެެރެއިން

ހަބަރު

އައްޑޫސިޓީ، ރައީސް ނަޝީދަށް މަރުޙަބާކިޔުމުގެ ޙަފްލާއަށް ސިޓީސްކެއާރ ނުދިން

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 20 ޖެނުއަރީ 2023 , ހުކުރު 14:24   369

ރައީސް މުޙައްމަދު ނަޝީދު، ކެމްޕެއިން ދަތުރެއްގައި އައްޑޫ ސިޓީއަށް ކުރިއަށް އޮތް ހަފްތާގައި ކުރާ ޒިޔާރަތުގައި، މަރުޙަބާގެ ޙަފްލާ ބޭއްވުމަށް، އައްޑޫ ސިޓީ ސްކެއަރ ބޭނުންކުރުމުގެ ހުއްދައަށް އެދުމުން، އެހުއްދަ ނުދެއްވާނެކަމަށް އައްޑޫ ސިޓީކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިހުއްދަ ނުދީ ހިފެހެއްޓީ ސިޔާސީ ބޭނުމަކަށް ސިޓީސްކުއަރ ދޫކުރަން ބޭނުން ނުވާތީކަމަށް ބުނެއެވެ.

ނަމަވެސް، މީގެ ކުރިންވެސް މިތަން ސިޔާސީ އެކިއެކި ބޭނުންތަކަށް ދޫކުރެވިފައިވެއެވެ. އޭގެތެރޭގައި، އެމްޑީޕީގެ ޗެއަރޕާސަނަކު ހޮވުމަށްޓަކައި ބޭއްވި އިންތިޚާބުގެ ކުރިން [މިދިޔަ އަހަރު މާޗް މަސްތެރޭގައި، ރޯދަމަހުގެ ކުރިން] ކެމްޕޭންނުގައި، ރައީސް ސޯލިޙް އާއި ސަރުކާރުގެ އިސްވެރިންނާއިއެކު ސަރުކާރުގެ ކެންޑިޑޭޓް ފައްޔާޒް އިސްމާޢިލްގެ ކެމްޕޭން ޙަރަކާތްތަކެއް، މާހެފުމަކާއިއެކު މިތަނުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ހަމަ މިއާއިއެކު، ރައީސް ނަޝީދުގެ ދަތުރާއި ވިދިގެން ރައީސް ސޯލިޙް ވެސް ދެވަނަފަހަރަށް އައްޑޫއަށް ވަޑައިގަންނަވާއިރު، ސިޓީސްކެއަރ ކުރިމަތީގައި ހުރި އައްޑޫ ހައިސްކޫލްގައި އެމަނިކުފާނުގެ ޙަރަކާތްތައް ބޭވުއްމަށް ތައްޔާރީތައް ވަމުންދާތީ، ޕީޕީއެމްގެ އައްޑޫ ގޮފިތަކުން ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ޕީޕީއެމްއިން ބުނެފައިވަނީ، ރައީސް ޔާމީން ވަޑައިގެންނެވިއިރު ހައިސްކޫލަށް އެދުމުން ނުދެއްވިކަމަށެވެ. އެހެންކަމުން އިޙްތިޖާޖަށް ނިކުންނައިރު، އެކަމަށް ވެސް އަޑުއުފުލާނެކަމަށެވެ.

މިކަމާއިގުޅިގެން، އައްޑޫގެ ބައެއް ކައުންސިލަރުން އެކްސްޕްރެސް ނިއުސްއަށް މަޢްލޫމާތު ދެއްވިގޮތުގައި، މިއީ ކޮން އުސޫލެއްގެ ދަށުން ނިންމުނު ނިންމުމެއްކަން ސާފުނުވާކަމަށެވެ.

އަޅުގަނޑަކަށް ނޭނގޭ ކީއްވެގެން ކަމެއް މިރިޖެކްޓްވީ. އަޅުގަނޑު ނުދެންކެން މިއީ ސިޔާސީކަމެއްގެ ގޮތުގައި. މިއީ ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއް ނޫން. އަމުދަކުން މުޒާހިރާއެއް ނޫން.

~ އައްޑޫ ސިޓީގެ ހިތަދޫ އަށް ނިސްބަތްވާ ކައުންސިލަރަކު

ރައީސް ނަޝީދުގެ ފަރާތުން އެކްސްޕްރެސް ނިއުސް އާއި ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ، ސިޓީސްކެއަރ ހޯދަން އެދިފައިވަނީ، ޖާގަ ތަނަވަސް ހިސާބަކަށް ވެފައި، ސިކިއުރިޓީގެ ގޮތުންނާއި، ރައީސް ނަޝީދު އާއި ބައްދަލުކޮށް މަރުޙަބާ ދަންނަވަން ބޭނުންވާ ފަރާތްތަކަށް ފަހިކުރުމުގެ ގޮތުން ކަމަށެވެ. އަދި މީގެ ކުރިން ރައީސް ސޯލިޙްގެ ދަތުރުފުޅުގައި ވެސް ފޭދޫ ބަނދަރުގައި މަރުޙަބާކީއިރު ޖާގައިގެ ދަތިކަން ފާހަގަ ވެގެން ދިޔަކަމަށެވެ.

ޓެގްސް: ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ އެތެރޭގެ އިންތިޚާބު އެމްޑީޕީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.