ރައީސް ނަޝީދު، އިއްޔެގެ ވޯޓުގައި ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ވެސް ގިނަ މީހުން ވޯޓުލާން ނުނިކުމޭ

ހަބަރު

ރައީސް ނަޝީދު އާޕާޓީއަކަށް ތައްޔާރު ވަނީ؟!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 29 ޖެނުއަރީ 2023 , އާދީއްތަ 09:31 2   1121

އިއްޔެ ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީ ފެށުމުގެކުރިން ވެސް ރައީސް ނަޝީދު ވަނީ، އިންތިޚާބުގެ ކަންކަން ރަނގަޅަށް ނުދާކަމަށް ވިދާޅުވެފައެވެ.

ދާދި ފަހުން ބޭއްވި ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ޑިމޮކްރެސީ އަކީ ވެރިއަކު ބުނާހާގޮތަކަށް ވޯޓު އެޅުން ނޫންކަމަށާއި، ޚުދުމުޚްތާރުކަމާއި ދެކޮޅަށް ތެދުވުމަކީ ޑިމޮކްރެސީގެ އެންމެ މަތިވެރި އަސާސް ކަމަށެވެ.

އެމަނިކުފާނުގެ ކެމްޕޭން ޓީމުތަކުން އުފުލާފައިވާ ޝަކުވާތަކުގެ ތެރޭގައި :

  • ވޯޓާސް ލިސްޓުން އެމަނިކުފާނަށް ތާޢީދުކުރައްވާ ގިނަމެމްބަރުންތަކެއް އުނިކޮށްފައިވުން
  • ބައެއް ވޯޓު ފޮށިތަކުގެ ލިސްޓްތައް އޮޅުވާލާފައިވުން
  • ބައެއް ވޯޓުފޮށިތަކުގައި އެމަނިކުފާނުގެ މަންދޫބުންނަށް ފުރުޞަތު ނުދިނުން
  • އިންތިޚާބަށް ސަރުކާރުގެ ފައިސާ އާއި ނުފޫޒު ފޯރުވުން
  • އިންތިޚާބާއި ދިމާކޮށް އެތައްބަޔަކަށް ވަޒީފާ ދިނުމާއި، ވޯޓު ހޯދުމަށްޓަކައި ގޯތި ދޭނެކަމަށް ބުނެ ރައްޔިތުންނަށް ރިޝްވަތު ދޭން އުޅުން
  • އިންތިޚާބީ ކޮމިޓީގައި އެމަނިކުފާނުގެ ފަރާތުން ވަކާލާތުކުރައްވާނެ މެމްބަރަކު ނުހިމެނުން
  • އެމްޑީޕީގެ މެމްބަރުގެ ޢަދަދު މަދުކޮށް ޕާޓީގެ ޙައިބަތާއި ސިޔާސަތުތައް ފުނޑާލާއި ޚުދުމުޚްތާރުކަން ޚިޔާރުކުރުން

އިއްޔެ ބޭއްވި އިންތިޚާބުގައި، އެމްޑީޕީގެ މަދުކޮށްފައިވާ ވޯޓާސް ލިސްޓުގައި ހިމެނޭ މީހުންގެތެރެއިން ވެސް ގިނަ ބަޔަކު ވޯޓުލާން ނިކުމެފައި ނުވެއެވެ. ބައެއް ދާއިރާތަކުން 50 އިންސައްތަ މީހުން ވެސް ނިކުމެފައިނުވެއެވެ.

ރައީސް ނަޝީދު، އިއްޔެ އިންތިޚާބުގެ ނަތީޖާ ޤާބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވެފައިވާއިރު، އެމަނިކުފާނު ދެން ކަން ކުރައްވާނެގޮތަކާއި މެދު ވިސްނަވަމުންދާކަމަށް އެމަނިކުފާނަށް ނިސްބަތްވާ ސޯޝަލްމީޑިއާ ޕޯސްޓްތަކުންނާއި ޓީމްތަކުގެ އިސް މެމްބަރުންގެ ވާހަކައިން އެނގެއެވެ.

ރައީސް ނަޝީދަށް ނިސްބަތްވާ ޓްވިޓާ އެކައުންޓެއްގައި އިއްޔެ ބުނެފައިވަނީ، "މަގުމައްޗަށް ނިކުތުން އެއީ އެންމެ އިސްކަންދޭނެކަން ނޫން ކަމަށާއި، ފުރަތަމަ ބަލާނީ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރެވޭތޯ" ކަމަށެވެ. އެހެން އެގޮތަށް ނުވެއްޖެނަމަ ދެން ބޭނުންވާނީ ވެރިކަން ވައްޓާލާނެކަމަށާއި، މިދިޔަ 3 މަސްތެރޭގައި ވެސް ރަނގަޅަށް ކަކުވާލާފައިވާނެކަމަށެވެ. އަދި އަލުން އަނބުރާ މަގުމައްޗައް ނިކުންނަން ފަސްޖެހި ވަޑައިނުގަންނަވާނެކަމަށެވެ.

ހަމަ އެއާއި ވިދިގެން ކޮށްފައިވާ އެހެން ޓްވީޓެއްގައި ކިޔުންތެރިންގެ ކިބައިން އެއްސެވީ، އާސިޔާސީ ޕާޓީ އުފައްދައިފިނަމަ ގުޅޭނަންތޯއެވެ. ގިނަ ޢަދަދެއްގެ ބަޔަކު މިސުވާލަށް ޖަވާބުދީފައިވާއިރު، ގިނަމީހުން ބުނެފައިވަނީ، އާނއެކެވެ.

އެހެނަކަމުން، ރައީސް ނަޝީދު ދެން ޢަމަލުކުރައްވާނެ ގޮތެއް މުޅިން ހާމަވެފައި ނުވިނަމަވެސް، އެމަނިކުފާނުގެ ސަޕޯޓަރުން ތިއްބެވީ އެމަނިކުފާނުގެ ޢިޝާރާތެއްގެ އިންތިޒާރުގައެވެ.

މިހާތަނަށް ސަރުކާރާއި ގުޅުމުގެ އެއްވެސް ވިސްނުމެއް ގެންގުޅުއްވާކަމުގެ ޢިޝާރާތެއް ލިބިފައިނުވެއެވެ.

ސަރުކާރުން ވެސް އެމަނިކުފާނަށް ސިޔާސީގޮތުން މަސައްކަތްކުރުމަށް ޖާގަ ދެއްވުމުގެ ފުރުޞަތު ހަންޏެވެ.

ޓެގްސް: އެމްޑީޕީ އެމްޑީޕީ އެތެރޭގެ އިންތިޚާބު ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.