ވަޙީދު ވިދާޅުވަނީ ގައުމުން ޑިމޮކްރެސީ ނެތިގެންދާކަމާށާއި މިހާރު މިއޮތީ ކަންކަން ކުރަން ނުދަންނަ ޑިމޮކްރެސީއާއީ ބީރައްޓެހި ސަރުކާރެއްކަމަށް

ހަބަރު

ޕީޕީއެމްގެ މުޒާހިރާތަކުގެ އެންމެކުރީގައި ރައީސް ވަޙީދު

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 4 ފެބުރުއަރީ 2023 , ހޮނިހިރު 10:17   236

ޕީޕީއެމް އިން އިޢްލާންކޮށްފައިވާ އެޕާޓީގެ ރިޔާސީގެ ކެންޑިޑޭޓް، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި، ރިޝްވަތު ނެގުން އަދި ވަގުފައިސާ ގެންގުޅުމުގެކުށް ސާބިތުގެ 11 އަހަރުގެ ޖަލުހުމެއް ތަންފީޒުކުރަމުންދާތީ އެކަމާއި އިހްތިޖާޖުކުރުމުގެ ޙަރަކަތްތަކެއް އަންނަނީ ރާވާ ހިންގަމުންނެވެ.

މިގޮތުން ރާއްޖޭގޭ އެކި ކަންކޮޅުތަކުން ހާހަކަށްވުރެ ގިނަ މީހުން ގެނެސް މާލޭގައި އެއްތަކަނަށް އެއްކޮށް، "ހޯޕް ކޮންފަރެންސް" ގެ ނަމުގައި ކޮންފަރެންސެއް ބާއްވާފައިވެއެވެ. މިކޮންފަރެންސަށް ފަހު ބައިވެރިން ވަނީ މާލޭގެ މަގުތަކަށް ނިކުވެ މުޒާހިރާވެސް ކޮށްފައެވެ.

މިމުޒާހިރާތަކުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ޙަރަކާތްތެރިވާތަން މިހާތަނަށް ފެންނަމުން ދަނީ ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ.

ޕީޕީއެމްގެ "ހޯޕް ކޮންފަރެންސް" ގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނިކުފާނު އަލުން އެނބުރި ސިޔާސީ މައިދާނަށް ނިކުމެވަޑައިގަންނަވަން ޖެހުނީ މަޖުބޫރުވެގެންކަމަށެވެ. ރާއްޖެއިން ޑޮމޮކްރެސީ ނެތި ފޮހެމުންދާތީ، ރާއްޖެ ސަލާމަތްކުރުމަށްކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގައި އެންމެ ފުރިހަމައަށް ޑިމޮކްރެޓިކް އުސޫލުން ވެރިކަންކޮށްފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި އާއި ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ.

ޕީއެމްއިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އަށް ވާދަނުކުރެވިއްޖެނަމަ ރައީސް ވަޙިދަށް އެފުރުޞަތުދޭން ތައްޔާރުވަމުންދާކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. ނަމަވެސް، ރަސްމީ ސިފައެއްގައި ޕީޕީއެމްއިން މިފަދަ ވާހަކައެއް ޙިއްޞާކޮށްފައި ނުވެއެވެ.

ޓެގްސް: ޕީޕީއެމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.