އަންގާރަ ދުވަހު ހިތަދޫ ކޮޑަގެދަރި މަގަށް ތާރު އަޅަމުންދާ މަޒަރު

ހަބަރު

އައްޑޫ ސިޓީގައި އިންޑިއާގެ ޖީކޭޑީ ކުންފުނިން ހަދަމުންދާ މަގުތަކުގެ ފެންވަރާއި ދޭތެރޭ ރައްޔިތުންގެ ކަންބޮޑުވުންތައް ގިނަ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 7 ފެބުރުއަރީ 2023 , އަންގާރަ 14:11   355

އިންޑިއާގެ ޖީކޭޑި ކުންފުންޏާއި ޙަވާލުކުރެވިގެން އައްޑޫ ސިޓީގައި ކުރިއަށްދާ މަގުހެދުމުގެ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށިތާ 4 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، ފުރަތަމަ ފަހަރަށް މަގެއްގައި ތާރު އަޅަން ފަށާފައިވާއިރު، މަސައްކަތުގެ ފެންވަރާއި ދޭތެރޭ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ސުވާލު އުފައްދައި ޝަކުވާތައް ބަނަޑުންކޮށްލައިފިއެވެ.

ޖީކޭޑީއިން ފުރަތަމަ ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ ހިތަދޫ ކޮޑަގެދަރި މަގުގައެވެ. މިއީ އެކުންފުނިން އެންމެފުރަތަމަ މަސައްކަތް ފެށި މަގުވެސް މެއެވެ.

އެކްޕްރެސް ނިއުސް އާއި ވާހަކަ ދައްކަމުން އެމަގުގައި ދިރިއުޅޭ ޢާންމުން ބުނެފައިވަނީ، ކައުންސިލަށް ވެސް އެހެންފަރާތްތަކަށް ވެސް ޝަކުވާތަކެއް ހުށަހެޅި ކަމަށެވެ. ރަނގަލުކޮށްދޭނެކަމަށް ބުނިނަމަވެސް، މަސައްކަތުން އެތަފާތުތައް ނުފެންނަކަމަށާއި، ބަލާނެ ބަޔަކުއެތަނުގައި ނެތް ކަމަށެވެ.

ތާރު އެޅުމުގެ މަސައްކަތް ފެށިގެން ދިޔައިރު އެތަނުން ސަރުކާރުގެ އިދާރާއަކަށް ނިސްބަތްވާ ބޭފުޅަކަށް ހުންނެވީ އެދާއިރާގެ ސިޓީ ކައުންސިލަރު އަހުމަދު ސަޢީދުއެވެ.

ސަޢީދު ވިދާޅުވީ ތަކުރާރުކޮށް ހައުސިން މިނިސްޓްރީ އާއި ކައުންސިލްގެ ފަރާތުން ވެސް ގުޅަމުންދާކަމަށެވެ. ނަމަވެސް އެދެވޭ ޖަވާބެއް ނުދެއްވާކަމަށާއި، ހުއްޓުމެއްނެތި އެމީހުން ބޭނުންވާގޮތަށް މަސައްކަތް ދަނީ ކުރިއަށް ކަމަށެވެ.

ތިރީގައި އެވަނީ މި ޚަބަރާއި ގުޅޭ ވީޑިއޯ ފުޓޭޖެވެ.

ޓެގްސް: އައްޑޫ އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.