ކޭމްޕޭން ދަތުރުފުޅެއްގައި ރައީސް ނަޝީދު ގދ. ތިނަދޫގައި

ހަބަރު

އެއްވެސް ޝަކުވާއެއް ބަލާފައިނުވާތީ، ނައީސް ނަޝީދު ޕްރައިމަރީ އާއިގެން ކޯޓަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 16 ފެބުރުއަރީ 2023 , ބުރާސްފަތި 10:04   311

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށްޓަކައި ބޭއްވުނު އެޕާޓީގެ ޕްރައިމަރީގައި އެމަނިކުފާނަށް ތާޢީދުކުރައްވާ ގިނަ ޢަދަދެއްގެ މެމްބަރުން އުނިކޮށްފައިވާ މައްސަލައާއި ގުޅިގެން، އެއިންތިޚާބު އަލުން ބާއްވައިދިނުމަށް އެދި ރައީސް މުޙައްމަދު ނަޝީދު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

އެމަނިކުފާނުގެ ފަރާތްޕުޅުން މައްސަލަ ހުށަހަޅުއްވާފައިވަނި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ޕޮލިސް ބޯޑުގައި އިންނަވާ ހާމިދު އަބްދުލްޣަފޫރުއެވެ. ގާނޫނީ ވަކީލަކީ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދެވެ.

މައްސަލައިގެ ބަޔާނުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވިފައިވަނީ ސައްޙަކޮށް ނޫންކަމަށާއި، ޕާޓީޣެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އަށް ދިނުން ހުއްޓުވުމަށް ވެސް އެދިފައިވެއެވެ.

ރައީސް ނަޝީދު ވެސް ވަނީ މީގެ ކުރިން މިވާހަކަތައް ތަކުރާރުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ކެމްޕޭން ޓީމްތަކުން ބުނެފައިވަނީ، އިންތިޚާބާއި ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ހުށަހެޅުނުކަމަށާއި، އޭގެއިން އެއްވެސް ޝަކުވާއެއް ޕާޓީގެ އެއްވެސް ގުނަވަނަކުން ސަމާލުކަންދީ ބަލާފައިނުވާކަމަށެވެ. އަދި އިންތިޚާބަށް ވޯޓުލުމުގައި ތަފްތަރުތައް ވެސް އޮޅުވާލާފައިވާކަމަށާއި، އޮބްޒާވަރުންގެ ކޮމިޓީތައްވެސް އެކުލަވާލާފައިވަނީ ޚުދުމުޚްތާރު ގޮތަކަށް ކަމަށެވެ.

ނަމަވެސް ރައީސް ސޯލިޙް އަށް ތަޢީދުކުރައްވާ މެމްބަރުން އެކަނި ހިމެނި ވަޑައިގަންނަވާ އިންތިހާބާ ބެހޭ ކޮމިޓީން ބުނެފައި ވަނީ ނަތީޖާއަށް ބަދަލެއް އަންނާނެ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.

ޓެގްސް: ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ އެތެރޭގެ އިންތިޚާބު އެމްޑީޕީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.