ރައީސް ސޯލިހް އަށް ރިޔާސީ ޓިކެޓް ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢިލް ޙަވާލުކޮށްދެއްވަނީ

ހަބަރު

އެމްޑީޕީގެ ރިޔާސީ ޓިކެޓް ޙަވާލުކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 18 ފެބުރުއަރީ 2023 , ހޮނިހިރު 06:15   184

ޕާޓީގެ ފަރާތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނެރޭނެ ކެންޑިޑޭޓެއް ހޮވުމަށް ބޭއްވި އިންތިހާބުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ކުރި ހޯއްދަވާފައިވާތީ އެޕާޓީގެ ފަރާތުން އެމަނިކުފާނަށް ރިޔާސީ ޓިކެޓް ޙަވާލުކޮށްފިއެވެ.

ޕާޓީގެ ޓިކެޓް ހަވާލުކޮށްފައިވަނީ ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިއްމާޢިލްއެވެ.

ރައީސް ސޯލިޙް އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރައްވާފައިވަނީ ޕްރައިމަރީގައި ވޯޓުގެ ގާތްގަނޑަކަށް 60 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އަދި އެމަނިކުފާނާއި ވާދަކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ ވޯޓުގެ ގާތްގަނޑަކަށް 40 އިންސައްތައެވެ.

ނަމަވެސް، ވޯޓުގެ ކަންކަން ހިންގާފައިވަނީ، ވަރަށް ޚުދުމުޚްތާރުކޮށް އޮޅުވާލައިގެން ކަމަށްބުނެ ރައީސް ނަޝީދުގެ ޓީމުން ވަނީ ވޯޓު ކެންސަލްކޮށްދިނުމަށް އެދި ސިވިލްކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އަދި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އިންތިޚާބުގައި އެމަނިކުފާނަށް ތާޢީދުކުރައްވާ ގިނަ ޢަދަދެއްގެ މީހުންނަށް ލިސްޓުން ނަން އުނިކޮށްފައިވާތީ ބައިވެރި ނުވެވުނުކަމަށެވެ. އަދި އިންތިޚާބާއި ގުޅިގެން ގިނަ ޝަކުވާތަކެއް ހުށަހެޅުއްވިކަމަށާއި، އެއްވެސް ޝަކުވާއެއް ބަލާފައި ނުވާކަމަށެވެ.

ރައީސް ސޯލިޙްއަށް ރިޔާސީ ޓިކެޓް ޙަވާލުކުރުމުގެ ރަސްމިއްޔާތަށް، ރަށްރަށުން ގިނަ ޢަދަދެއްގެ މީހުން ގެންގޮސްފައިވެއެވެ. އަދި ބައެއް ސަރަޙައްދުތަކުން ޗާޓަރު ފްލައިޓްތަކުގައި ވެސް މީހުން ގެންގޮސްފައިވެއެވެ.

ޓެގްސް: ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް އެމްޑީޕީ އެމްޑީޕީ އެތެރޭގެ އިންތިޚާބު އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.