ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ބޭއްވޭ 29ވަނަ ގްލޯނެޓް އެޑިއުކޭޝަން ފެއާގެ ޕޯސްޓަރެއް

ހަބަރު

29 ވަނަ ގްލޯނެޓް އެޑިއުކޭޝަން ފެއާ، ހޮނިހިރު ދުވަހު އައްޑޫސިޓީގައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 24 ފެބުރުއަރީ 2023 , ހުކުރު 09:07   315

ގްލޯނެޓުގެ 29 ވަނަ އެޑިއުކޭޝަން ފެއާ އައްޑޫގައި ބުރާސްފަތި ދުވަހު ހަވީރު އޮންނާނެއެވެ.

ފެއާ އޮންނާނީ އައްޑޫ ހައިސްކޫލްގެ ހޯލުގައި ބުރާސްފަތި ދުވަހުގެ ހަވީރު 4 އިން ރޭގަނޑު 7 އަށެވެ.

ގްލޯނެޓުން ބުނެފައިވަނީ މިފެއާ ބޭއްވުމުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއިން ބޭރަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް، މެލޭޝިއާގެ ޔުނިވާސިޓީތަކުގައި ހުރި މަތީ ތަޢްލީމުގެ ފުރުސަތުތަކުގެ މައުލޫމާތުތައް ފޯރުކޮށްދިނުން ކަމަށެވެ.

މި ފެއާއިން ބެލެނިވެރިންނާއި ދަރިވަރުންނަށް ލިބިގެންދާނެ މުޙިއްމު މަޢްލޫމާތުތަކުގެ ތެރޭގައި ޔުނިވާސިޓީ، ކޮލެޖުތަކުގައި ކިޔެވުމަށް ދާނެ ހަރަދުގެ ފުރިހަމަ މައުލޫމާތާއި، ކޯސްތަކުގައި ކިޔަވައިދޭނެ ބައިތަކުގެ މައުލޫމާތުތައް ހިމެނެއެވެ.

ފެއާގެ ތެރެއިން ރާއްޖޭގެ އިންސްޓިޓިއުޓުތަކަށް ވެސް ބޭރުގެ ޔުނިވާސިޓީތަކާ އެކު ގުޅުން ބަދަހި ކުރަން ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ގްލޯނެޓުން ފާހަގަ ކުރެއެވެ.

މި އަހަރުގެ ފެއާގައި ވެސް ވިސާ ހޯދުމާއި އެކަމަޑޭޝަންގެ މަޢުލޫމާތު ދިނުމާއި، އެޕްލިކޭޝަން ބަލައިގަތުމާއި ޕްލޭސްމަންޓު ލެޓާގެ ކަންތައްތައް ހަމަޖައްސާދޭނެ އެވެ. މީގެ އިތުރުންވެސް ސްކޮލާރޝިޕް ޑިސްކައުންޓް ލިބޭ ކޯސްތަކުގެ މައުލޫމާތު ދިނުމާއި އެ ކޯސްތަކަށް ރަޖިސްޓްރީ ކޮށްދިނުމާއި ކެރިއާ ގައިޑެންސް ބޭނުންވާ ދަރިވަރުންނަށް އެ ހިދުމަތްވެސް އެ ތަނުން ލިބޭނެ އެވެ. މިގޮތުން ބައެއް ޔުނިވާސިޓީތަކުން 10 އިންސައްތަ އާއި 50 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓު ލިބިގެންދާނެއެވެ.

މިފަހަރުގެ ފެއާގައި ބައިވެރިވާ ޔުނިވާސިޓީތައް

  1. މޮނާޝް ޔުނިވާސިޓީ، މެލޭޝިޔާ
  2. ޔުނިވާސިޓ އޮފް ނޮޓިންގްހަމް، މެލޭޝިޔާ
  3. އޭޝިއާ ޕެސިފިކް ޔުނިވާސިޓީ އޮފް ޓެކެނޮލޮޖީ އެންޑް އިނޮވޭޝަން، މެލޭޝިޔާ
  4. އިންޓަނޭޝަނަލް މެޑިކަލް ޔުނިވާސިޓީ، މެލޭޝިޔާ
  5. ޓޭލާސް ޔުނިވާސިޓީ، މެލޭޝިޔާ
  6. ސަންވޭ ޔުނިވާސިޓީ، މެލޭޝިޔާ
  7. ހެރިއޮޓް-ވަޓް ޔުނިވާސިޓ، މަލޭޝިޔާ، ދުބާއީ އަދި ޔޫކޭ
  8. އިންޓަނޭޝަނަލް މެޑިކަލް ޔުނިވާސިޓީ، މެލޭޝިޔާ
  9. މަނިޕާލް ޔުނިވާސިޓީ ކޮލެޖް، މެލޭޝިޔާ
  10. ގްރިފިތް ކޮލެޖް، ރިޕަބްލިކް އޮފް އަޔަލެންޑް
  11. ސައުތު އީސްޓް ޓެކްނޮލޮޖިކަލް ޔުނިވާސިޓީ ، ރިޕަބްލިކް އޮފް އަޔަލެންޑް

ގްލޯނެޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު މިފަދަ ފެއާތައް ބާއްވައެވެ. މިފެއާތައް ބާއްވަނީ ބޭރުގެ ޔުނިވާސިޓީތަކުގެ އިންޓޭކްތަކާއި ދިމާކޮށެވެ.

ގްލޯނެޓުން އިތުރަށް ބުނެފައިވަނީ މި ފަހަރުގެ ފެއާ އަކީ ފާއިތުވި އަހަރުގެ ފެއާތަކަށް ވުރެވެސް ފުރިހަމަ ފެއާއަކަށް ވާނެ ކަމަށެވެ.

ޓެގްސް: މަތީ ތަޢުލީމް އެކްސްޕޯ އައްޑޫގައި ބޭއްވޭ އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.