ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ކުރިއަށް އޮތް ހަތަރު އަހަރުތެރޭ 30 ބިލިއަން ރުފިޔާ ދަރިނި ދެއްކުމަށް ހޭދަކުރަންޖެހޭ

ހަބަރު

ރާއްޖެ ނުރައްކާތެރި ފައްތަރެއްގައި: ޕްރޮޖެކްޓްތައް ނުނިމޭ، ކުރިއަށް އޮތީ ދަރަނިތައް އަނބުރާ ދެއްކަންޖެހޭ 4 އަހަރު!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 26 ފެބުރުއަރީ 2023 , އާދީއްތަ 08:30   606

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދައުލަތުން ނަގާފައިވާ ދަރަނިތައް ދެއްކުމަށްޓަކައި މި އަހަރާ އެކު ކުރިއަށް އޮތް ހަތަރު އަހަރު ދަރަނި އަދާކުރަން ދައުލަތުން 30 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހެއެވެ.

މިއަހަރު އެކަނިވެސް ދައުލަތުގެ ބަޖެޓުން 5.5 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ދަރަތައް އަނބުރާ ދެއްކުމަށްޓަކައި ހޭދަކުރަންޖެހެއެވެ. އަދި 2026 ވަނަ އަހަރު، ދަރަނީގެ ގޮތުގައި އާދަޔާއި ޚިލާފު ބޮޑު މިންވަރެއް ދައްކަން ޖެހޭއެވެ. އެއަހަރު އެކަނިވެސް 9 ބިލިއަން ރުފިޔާ ދަރަނި ދެއްކުމަށްޓަކައި ހޭދަކުރަންޖެހޭނެއެވެ.

މިއަހަރުގެ މިހާތަނަށް ވެސް ބައި ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދަރަނިތައް އަނބުރާ ދައްކަން ހޭދަކޮށްފައިވެއެވެ.

ފެންނަންހުރި ދައުލަތުގެ ހިސާބުތައް ދައްކާގޮތުން އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 114 ބިލިއަނަށްވުރެ ބޮޑުވާނެއެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތްހުރި މިންވަރަށްވުރެ ވެސް މަތީ ޢަދަދެކެވެ. އެހެންކަމުން ރާއްޖެ ދަތުރުކުރަމުން ދަނީ ނުރައްކާތެރި ފައްތަރެއްގައި ކަމަށް މާލީ އިދާރާތަކުންނާއި ފަންނީ މާހިރުން ގެންދަވަނީ އިންޒާރު ދެއްވަމުންނެވެ.

މި ސަރުކާރުން ވެރިކަމާއި ޙަވާލުވިފަހުން ދަރަނިތައް ދެގުނަ ވެފައިވާއިރު، ފަށާފައިވާ އެއްވެސް ބޮޑު ޕްރޮޖެކްޓެއް ނިންމި ނަފާ ލިބެން ފަށާފައި ނުވެއެވެ. އަދި ފަށާފައި ހުރި ގިނަ ޕްރޮޖެކްޓްތަކަކީ ޢާމްދަނީގެ ހޯދުމުގެ ވަޞީލަތްތަކާއި ވަޒީފާތައް އިތުރުކުރަން ބެލިގެން ރޭވިފައިވާ ޕްރޮޖެކްތައް ނޫންކަމަށް ވެސް މާހިރުން ފާހަގަކުރައްވައެވެ.

ޤައުމުގެ މާލީ ޙާލަތާއި ގުޅިގެން މަރުކަޒީ މާލީ އިދާރާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، މާލީ ކަންކަން ހަރުދަނާ ކުރުމަށާއި ދަރަނި މެނޭޖްކުރުމުގެ އުސޫލްތައް ހަރުދަނާކުރުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައެވެ.

މިގޮވާލުންތަކާއިއެކު، ކޮންމެ ޚަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅާނެކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނެފައިވީ ނަމަވެސް، އެފަދަކަންކަން ވަނީ ތަންފީޒުނުކުރެވިފައެވެ.

ޓެގްސް: ފިނޭންސް މިނިސްޓްރީ ދައުލަތުގެ ދަރަނި އިގްތިޞާދީ ގޮންޖެހުންތައް އިގްތިޞޯދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.