އަންގާރަ ދުވަހުގެ ދަންވަރު ހިނގި ކަނޑުމަތީގެ ހިތާމަވެރި އަލިފާނުފެ ޙާދިސާގައި އައްޑީ ސިޓީއަށް ނިސްބަތްވާ އާގަލާ ބޯޓުން ދަޓުރުކުރި މީހުންގެތެރެއިން އެކަކު ގެއްްލިފައިވާތީ އޭނާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަނަކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ބޯޓުގައި ރޯވާފެށީ ދަންވަރު 2 ޖެހި ފަހުންނެވެ.
ބޯޓްގައި އަލިފާން ރޯވުމާއި އެކު އޭގައި ތިބި އެންމެން ވަނީ ކަނޑަށް ފުންމާލާފައެވެ.
ގެއްލުނު މީހާއަކީ އިންޑިއާގެ ރައްޔިތެއްކަމަށް މަޢްލޫމާތުލިބެއެވެ.
ބޯޓުން ދަތުރުކޮށްފައިވަނީ ޖުމްލަ 15 މީހެކެއެވެ. އޭގެތެރެއިން 5 މީހުންނަކީ ދިވެހިންނެވެ.
ގެއްލިނު އިންޑިއާމީހާ ފިޔަވައި އެންމެން ވަނީ ސަލާމަތްކޮށްފައެވެ.

މިބޯޓު ވަނީ ހެނދުނު 8.30 ވާން އުޅެނިކޮށް އަޑިއަށް ގޮސްފައެވެ.
ބޯޓު އަޑިއަށް ދިއުމުގެ ކުރިން ބޯޓު ވަރަށް ބޮޑަށް އަނދާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.