އެފްރިކާ ބައްރުގެ ޤައުމެެއްކަމަށްވާ ގާނާ އާއި އެއްބަސްވުންތަކުގައި ސޮއިކުރުން

ހަބަރު

ރާއްޖެއާއި ގާނާ އާއި ގުޅުންބަދަހިކޮށް އެއްބަސްވުންތަކެއް ހަދައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 15 މާރޗް 2023 , ބުދަ 10:19   216

ދިވެހި ސަރުކާރާއި ގާނާގެ ސަރުކާރާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ލަންޑަންގެ މާލްބަރޯ ހައުސްގައެވެ. އެއީ އިނގިރޭސިވިލާތުގައި ކުރިއަށްދާ ކޮމަންވެލްތު ފޮރިން އެފެއާޒް މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދެވެ. އަދި ގާނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އެންޑް ރީޖަނަލް އިންޓަގްރޭޝަން، ޝަރްލީ އަޔޯރްކޯރ ބޮޗްވީއެވެ.

ދިވެހިރާއްޖެއާއި ގާނާއާ ދެމެދު ސޮއިކުރި ދެ އެއްބަސްވުމަކީ ދިވެހި ސަރުކާރާއި ގާނާގެ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، ވިސާގެ ކަންކަން މިހާރަށްވުރެ ފަސޭހައިން ހަމަޖެއްސުމާއި، ދެ ޤައުމުގެ ފޮރިން މިނިސްޓްރީގެ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަން ފޯރުކޮށްދިނުމާގުޅޭގޮތުން ވެވުނު ދެ އެއްބަސްވުމެކެވެ.މި އެއްބަސްވުންތައް އެކުލަވާލެވިފައިވަނީ ދެޤައުމުގެ ޚާރިޖީ ވުޒާރާތަކުގެ މެދުގައި އެކި ފަހަރުމަތިން ކުރެވުނު މަޝްވަރާތަކަށްފަހުކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ވިސާގެ ލުއިފަސޭހަތަކާއެކު ދެ ޤައުމުގެ ދެމެދު އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވާއިރު، ދިވެހިރާއްޖެއިން ގާނާއާއެކު ސިޔާސީގޮތުން ގުޅުން ޤާއިމްކޮށްފައިވަނީ މީގެ 34 އަހަރު ފުރޭނެއެވެ.

ޓެގްސް: ފޮރިން މިނިސްޓްރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.