ޕްރިންސް ވިލިއަމްސް

ހަބަރު

ޕްރިންސް ވިލިއަމްސް ސަޕްރައިސް ދަތުރެއްގައި ޔޫކްރޭންގެ ހަނގުރާމަމަތީ ސަރަޙައްދުތަކަށް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 23 މާރޗް 2023 , ބުރާސްފަތި 07:59   133

އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމް ބުދަ ދުވަހު ޕޮލެންޑަށް ކުރި މަދުން ނޫނީ ނުފެންނަ ދަތުރެއްގައި ޔޫކްރޭނާއި ޕޮލެންޑްގެ ބޯޑަރު ކައިރީގައި ތިބި އިނގިރޭސިންނާއި ޕޮލިޝް ސިފައިންނާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ސިފައިން ވަނީ "ޔޫކްރޭންގެ ރައްޔިތުންނާއި އެމީހުންގެ މިނިވަންކަމަށް ތާއީދު ކުރާކުރުމަށް" ތައުރީފު ކޮއްފައެވެ.

ޕްރިންސް އޮފް ވޭލްސް އެންމެ ފުރަތަމަ އެގައުމަށް ޒިޔާރަތް ކުރެއްވީ ރްޒެސްޒޯވްގައި ހުންނަ 3 ވަނަ ބްރިގޭޑް ޓެރިޓޯރިއަލް ޑިފެންސް ފޯސް ބޭސްއަށެވެ. އެތަނުގައި ޕޮލިޝް ޑިފެންސް މިނިސްޓަރު މާރިއުސް ބްލަޝްޒާކްއާ ބައްދަލުކުރައްވައި އަސްކަރީ ސާމާނު ދައްކާލެއް ބައްލަވާލައްވާފައިވެއެވެ..

އެތަނުގައި ހުންނަވައިގެން އިނގިރޭސި ސިފައިންނާއި ޕޮލިޝް ސިފައިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެދެމީހުން އެކުގައި މަސައްކަތް ކުރަން ފެށިފަހުން އުފެދިފައިވާ ހަރުދަނާ އެކުވެރިކަމުގެ ވާހަކައެވެ.

މިއީ 2017 ވަނަ އަހަރު ޕްރިންސް އޭނާގެ އަންހެނުން ކެތަރިން، ޕްރިންސެސް އޮފް ވޭލްސްއާއެކު ޕޮލެންޑަށް ކުރި ފުރަތަމަ ދަތުރު ކަމަށާއި، ޔޫކްރޭންގެ އަވަށްޓެރިންނަށް އެގައުމުން އޯގާތެރިކަން ދައްކާފައިވާ ގޮތުގެ ވަރުގަދަ ވިސްނުމެއް ހޯދުމަށް ވެސް ޕްރިންސް ކެތްމަދުވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ޓެގްސް: ޔޫކްރެއިން ޕޮލެންޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.