އަލަށް ތަޢާރަފްކުރާ މިންގަނޑުތަކާއިއެކު ވޭޕްގެ ބާއްވަތްތައް އޮސްޓްރޭލިއާގައި ލިބެންހުންނަ މިންވަރު ވަރަށްބޮޑުތަން ދަށްވެގެންދާނެ

ހަބަރު

ސިންގަޕޫރުގެ ފަހަތުން އޮސްޓްރޭލިއާއިން ވެސް ވޭޕްކުރުން މަނާކުރަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 2 މެއި 2023 , އަންގާރަ 09:46   229

ސިންގަޕޫރާއި ތައިލެންޑް ފަދައިން އޮސްޓްރޭލިއާގައި ވެސް ވޭޕްގެ ބާވަތްތައް މަނާކުރުމުގައި އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ.

މީގެ ކުރިން އޮސްޓްރޭލިއާގައި ވޭޕް ވިއްކަމުން އައީ ޚާއްޞަ ހުއްދަތަކެއް ދަށުންނެވެ. އަލަށް ތަޢާރަފްކުރެވުނު ޤައވާއިދުތަކާއިއެކު ރެކްރިއޭޝަނަލް ވޭޕިން މުޅިން އެއްކޮށް މަނާވާނެއެވެ.

އޮސްޓްރޭލިއާގައި ރިކްރިއޭޝަނަލް ވޭޕިން މަނާކުރާއިރު، މިއީ ސަރުކާރުން ރާވާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބޮޑު ފިޔަވަޅެކެވެ.،

އަދި މިނިމަމް ކޮލިޓީ ސްޓޭންޑަޑްސް ވެސް ތައާރަފް ކުރާނެ ކަމަށް ބުނެފައިވާއިރު، ވޭޕް ވިއްކުން ވެސް ފިހާރަތަކަށް ހަނި ކުރާނެ ކަމަށް ވެސް އޮސްޓްރޭލިއާ ސަރުކާރުން ބުނެފައިވެއެވެ.

ނިކޮޓީން ވޭޕްސް އަށް މިހާރު ވެސް އޮސްޓްރޭލިއާގައި ޑޮކްޓަރުގެ ލަފާ ހޯދަން ޖެހޭ ނަމަވެސް މި ސިނާއަތަކީ ރަނގަޅަށް ރެގިއުލޭޓް ކުރެވިފައިވާ ސިނާއަތެއް ކަމަށާއި ކަޅު ބާޒާރެއް ކުރިއަރަމުން އަންނަ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ހެލްތު މިނިސްޓަރު މާކް ބަޓްލަރ ވިދާޅުވަނީ މި އުފެއްދުންތަކުގެ ސަބަބުން ނިކޮޓީން އަށް އެޑިކްޓްވާ މީހުންގެ އާ ޖީލެއް އުފެދެމުން އަންނަ ކަމަށެވެ.

އީ-ސިނގިރޭޓްގެ ނަމުން ވެސް ނަންދެވިފައިވާ ވޭޕްތަކުން ދައުރުވާ އެއްޗެހި މިހާރު ވިއްކަމުން މިދަނީ، އެއީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ އުފެއްދުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. ނަމަވެސް މިއީ ޙަޤީޤަތާއި ޚިލާފު ގެއްލުންބޮޑުކަމެކެވެ.

އޮސްޓްރޭލިއާގައި ވެފައިވަނީ ވެޕްސް ވެފައިވަނީ ކުޑަކުދިންނަށް އަމާޒުކޮށްގެން މުނިފޫހިފިލުވުމުގެ އުފެއްދުމަކަށް ކަމަށާއި ރީޓެއިލް ފިހާރަތަކުގައި "ލޮލީ އާއި ޗޮކްލެޓް ބާ އާއި އެކު ވިއްކާ" ކަމަށް މިސްޓަރ ބަޓްލަރ ވިދާޅުވެއެވެ.

"ކުރިން ދުންފަތުގެ ބާވާތްތައް ތަޢާރަފް ކުރިއިރުހެން، އީ ސިނގްރެޓް ވެފައިވަނީ އެޑިކްޓްވާ އެހެން ޕްރޮޑަކްޓަކަށެވެ. ވިދާ ޕެކޭޖިންގައި އޮޅާލައި، ރަހަތައް އިތުރުކޮށްގެން ނިކޮޓީން އަށް އެޑިކްޓްވާ އާ ޖީލެއް އުފައްދާފައިވާކަމަށް އޮސްޓްރޭލިއާ ސަރުކާރުން ބުނެއެވެ.

އެކަމަކު ސިއްހީ މާހިރުން ލަފާދޭ ގޮތުގައި ވޭޕްސް އަކީ ރިސްކް ފްރީ އެއްޗެއް ނޫނެވެ. ވޭޕްގެ ގިނަ ބާވަތްތައްކުގައި ވަރަށް މަތީ މިންވަރަކަށް ކެމިކަލް އެކުލެވިގެންވެއެވެ. އަދި އެ ވޭޕް ބޭނުން ކުރުމުން ދިގު މުއްދަތަކަށް ކުރާނެ އަސަރުތައް ގިނަ ކަމަށް ވަރަށް ގިނަ ދިރާސާތަކުން ދައްކައެވެ.

ޓެގްސް: އޮސްޓްރޭލިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.