ރާއްޖެއަށް އައި ފަތުރުވެރިންތަކެއް

ހަބަރު

5 މަސް ދުވަސްތެރޭގައި ރާއްޖެއަށް 7 ލައްކަ ފަތުރުވެރިން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 7 މެއި 2023 , އާދީއްތަ 11:38   213

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ހަތް ލައްކައަށް ވުރެގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 17.5 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ކޮވިޑްގެ ކުރިއާއި އަޅާ ބަލާއިރު ހުރިވަރަށް ވުރެ 6.4 އިން ސައްތައިގެ ކުރިއެރުމެކެވެ.

ނަމަވެސް މެއި މަހުގެ ކުރީކޮޅު ރާއްޖެއައި ޓޫރިސްޓުންގެ 20 އިންސައްތަ ދަށްވެފައިވެއެވެ.

ހަމަ މުއްދަތުގައި ރާއްޖެއައި ޗައިނާ މީހުންގެ ޢަދަދު ވެސް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ.

މިދިޔަ އަހަރު ރާއްޖެއައީ 1.6 މިލިއަން ފަސިންޖަރުންނެވެ. މިއަހަރު 1.8 މިލިއަން ފަސިންޖަރުން ގެނައުމަށް އަމާޒު ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ޓެގްސް: ޓޫރިޒަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.