މުބާރާތުގެ ޓީމް އޮފިޝަލުން، ސްޕޮންސަރުން އަދި ޕާޓްނަރުންނާއިއެކު

ހަބަރު

ވެންއޫދް އިންޓަރސްކޫލް ފުޓުބޯޅަ މުބާރާތް މިއަދު ހަވީރު ފެށޭނެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 8 މެއި 2023 , ހޯމަ 12:47   554

ވެންއޫދް އިންޓަރސްކޫލް ފުޓުބޯޅަ މުބާރާތް މިއަދު ހަވީރު އައްޑޫ ސްޓޭޑިއަމްގައި ފެށޭނެއެވެ.

މި މުބާރާތަކީ މޭމަހުގެ 8 އިން 22 އަށް، ޔުނިޓީ ފައުންޑޭޝަން އާއި ގުޅިގެން ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި އައްޑޫގެ އަށް ސްކޫލަކާއި ގއ. ގެމަނަފުށި ސްކޫލުން 15 އަހަރުން ދަށުގެ ޖުމްލަ ނުވަ ޓީމެއް ބައިވެރިވާނެއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް، މުބާރާތުގެ ޚާއްޞަކަމެއްގެ ގޮތުގައި، footballmaldives.com ގެ ނަމުގައި އިންތިޒާމްކުރާ ފަރާތުން ވަނީ ވެބްސައިޓެއްވެސް ލޯންޗްކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް ޓީމްތަކާއި، ކުޅުންތެރިން، އަދި މެޗްތަކުގެ އެންމެ ފަހުގެ އަޕްޑޭޓްސް ލިބެން ހުންނާނެކަމަށް އިންތިޒާމްކުރާ ފަރާތުން މަޢްލޫމާތު ދެއްވާފައިވެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި، މިއަދު ބައްދަލު ކުރާނީ ޝަރަފުއްދީން ސްކޫލާއި ފޭދޫ ސްކޫލެވެ. މުބާރާތުގެ ފުރަތަމަ މެޗު އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ.

މުބާރާތުގެ ޓީމްތަކުގެ ގުރުއަތުލުން ބާއްވާފައިވަނީ ބުދަ ދުވަހުގެ ރޭ އީކުއޭޓަރ ވިލެޖް ރިސޯޓްގައެވެ.

މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ވެން އޫދެވެ. ކޯ ސްޕޮންސަރުންނަކީ ޕާސްކަލް (ސޯސަން ފިހާރަ)، އަދި ހެޕީ މާކެޓް އެވެ. ޕްރިންޓިންގ ޕާޓްނަރަކީ ކޮންޓްރޯލްޕީ އެވެ. އަދި ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.