ޝަޒްރާ ޝާކިރު

ހަބަރު

ޝަޒްރާ ޝާކިރު ގަން އެއަޕޯޓުގެ ބޯޑަށް އައްޔަންކުރައްވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 30 މެއި 2023 , އަންގާރަ 10:20   735

ގަން އިންޓަނޭޝަނަލް އެއަރޕޯޓުގެ ބޯޑަށް ސ.ފޭދޫ މޫންލައިޓް، ޝަޒްރާ ޝާކިރު ސަރުކާރުން އައްޔަންކުރައްވައިފިއެވެ.

ޝަޒްރާ އެ ކުންފުނީގެ ބޯޑަށް އައްޔަންކުރައްވާފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން، މިނިސްޓްރީ އޮފް ފިނޭންސްގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމަ ދުވަހުއެވެ.

އޭނާ އަކީ ވިޔަފާރީގެ ދާއިރާއިން މާސްޓާސް ޑިގްރީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.

މިވަގުތު، ރާއްޖޭގެ އެންމެ ވަރުގަދަ އެއް ފައިނޭންޝަލް ކޮންސަލްޓެންސީ ފާމް، އެފްޖޭއެސް ކޮންސަލްޓިންގ ގައި ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރެއްގެ މަގާމް ވެސް ފުރުއްވަމުން ގެންދަވާ ޝަޒްރާ މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސްގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވެއެވެ. މީގެ އިތުރުން އައިލެންޑް އޭވިއޭޝަނުގައި އެޑްމިނިސްޓްރޭޝަން މެނޭޖަރެއްގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ.

ޝަޒްރާ އައްޔަން ކުރެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ޕްރައިވެޓައިޒޭޝަން ބޯޑުގެ ފަރާތުން ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައި، ގަން އެއާރޕޯޓުގެ މާލީ ކަންކަމުގެ އިތުރުން ހިންގުމާއި ގުޅޭ އުސޫލްތަކުގައިހުރި މައްސަލަތައް ޙިއްޞާކުރައްވައި އެކަންކަން އިސްލާޙްކޮށްދެއްވުމަށާއި، ކުންފުނި ހިންގުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ސަމާލުކަން ދެއްވުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.

ގަން އެއަރޕޯޓު ކުންފުންޏަކީ ދިވެހި ސަރުކާރުގެ 70 ޕަސެންޓް ޙިއްޞާ އޮންނަ، އަދި ޗަމްޕާ ކުންފުނީގެ ދަށުން ހިންގާ ކާސާ ހޯލްޑިންގްސްގެ 30 ޕަސެންޓް ޙިއްޞާ އޮންނަ ކުންފުންޏެކެވެ.

ޓެގްސް: ގަން އިންޓަނޭޝަނަލް އެއަރޕޯރޓް ސަރުކާރު ޙިއްޞާވާ ކުންފުނިތައް ޕްރައިވެޓައިޒޭޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.