އައިކޮމް ބައްދަލުވުމެއްގެތެރެއިން، ފިނޭންސް މިނިސްޓްރީން ވަނީ ތަފްޞީލްތައް ނުދޭނެކަމަށް ބުނެފައި

ހަބަރު

ދެއަހަރުތެރޭ ސަރުކާރުން 1.7 ބ.ރ. ބަދަލުގެ ގޮތުގައި، ތަފްޞީލެއް ނޭނގޭ!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 31 މެއި 2023 , ބުދަ 10:15   241

ކޮންޓްރޭޓްތައް އުވާލުމުން ދޭންޖެހޭ ބަދަލުގެ ގޮތުގައިކަމަށް ބުނެ، ސަރުކާރުން އަމިއްލަ އެކިއެކި ކުންފުނިތަކަށް 1.7 ބިލިއަނަށްވުރެ ގިނަ ފައިސާ ދީފައިވާކަން ހާމަވެއްޖެއެވެ.

މިމައްސަލަ އާއި ގުޅިގެން އެންމެ ފުރަތަމަ ތަފްޞީލް ހޯދުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވަނީ، ދުވަހު ނޫސް "މިހާރު" ގެ ފަރާތުންނެވެ.

ފިނޭންސުން ބުނެފައިވަނީ، މަޢްލޫމާތުތައް ސިއްރުކުރަން މިއެއްބަސްވުންތަކުގެ ދަށުން އެމިންސްޓްރީން އެއްބަސް ވެފައިވާކަމަށެވެ. އެހެންކަމުން ތަފްޞީލްތައް ނުދޭނެކަމަށެވެ.

ނަމަވެސް، މިމައްސަލަ ބަލައިދިނުމަށް "މިހާރު" ގެ ފަރާތުން އިންފޮމޭޝަން ކަމިޝަނަރ (އައިކޮމް) އޮފީހުގައި އެދުމުން، މައްސަލަ ތަޙްޤީގްކޮށް ބަލައި، މިމަޢްލޫމާތުތައް ދޫކުރުމަށް އަމުއްރެއް ނެރެފައެވެ.

އައިކޮމް އަކީ މަޢްލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މިނިވަން މުސްތަޤިއްލު މުއައްސަސާއެކެވެ. މިމުއައްސަސާގެ މައިގަނޑު މަސައްކަތަކީ، ދައުލަތުގެ ހުރިހާ މަޢްލޫމާތުތަކަކީ ރައްޔިތުންގެ މަޢްލޫމާތުކަމަށް ހަދައި، ކޮންމެ ފަރާތަކުން ކޮންމެ މަޢްލޫމާތެއް ބޭނުންވިޔަސް އެމަޢްލޫމާތެއް ހޯދުމުގައި އެހީތެރިފޯރުކޮށްދީ، މައްސަލައެއް ދިމާވެއްޖެނަމަ އެކަން ބަލައިދިނުމެވެ.

އައިކޮމްގެ ފަރާތުން ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ރައީސް އަހުމަދު އާހިދު ވިދާޅުވެފައިވަނީ، މިއީ ފިނޭންސް މިނިސްޓްރީ އިން ސިއްރުކުރާނެކަމަށް އެއްބަސްވުންތަކުގައި އެއްބަސްވެފައި ވީނަމަވެސް، ސިއްރުކުރެވޭނެ މަޢްލޫމާތުތަކެއް ނޫންކަމަށެވެ.

"ޝަރުޢީ ކޯޓަކުން ނުވަތަ ތަންފީޒީ އިދާރާއަކުން އެ މަޢްލޫމާތުތައް ހާމަކުރަން އެދިއްޖެނަމަ އެކަން އެގޮތަށް ކުރަންޖެހޭނެ. އެދިފައިވާ މަޢްލޫމާތަކީ ރައްޔިތުންނަށް ކޮންމެހެން އެނގެންޖެހޭ މަޢްލޫމާތުތަކެއް ކަމުގައި ދެކެން." އާހިދު ވިދާޅުވެފައިވެއެވެ.

އާހިދު އިތުރަށް ވިދާޅުވީ، ދައަލަތުން އެހެން ފަރާތަކަށް އެއްވެސް މިންވަރެއްގެ ފައިސާއެއް ދޭނަމަ، ކިތަންމެ ކުޑަ ނަމަވެސް، އެފައިސާއެއްގެ މަޢްލޫމާތު ރައްޔިތުންނަށް އެނގެން ޖެހޭނެކަމަށެވެ.

2021 ވަނަ އަހަރު އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އިން ނެރެފައިވާ ރިޕޯޓްގައި ވެސް ބަދަލުދިނުމުގައި އުސޫލްތައް ނުވަތަ މިންގަނޑެއް ނެތުމާއި ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަންކަންކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ޓެގްސް: އެންޓި ކޮރަޕްޝަން އައިކޮމް މަޢްލޫމާތު ހޯދައިލިބިގަތުމުގެ ޙައްޤު ކޮރަޕްޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.