މިއަދު 08:42 ހާއިރު މާލެއިން ފުރައިގެން ރ.އަތޮޅަށް ދަތުރުކުރަމުންދިޔަ "އާލާ" ބޯޓް ވަނީ އެއްކޮށް އަޑިއަށްގޮސްފައެވެ.
މިއީ ރ. މަޑުއްވަރީއަށް ނިސްބަތްވާ ބޯޓެކެވެ.
މުދާ އުފުލާ މި ބޯޓުން ދަތުރުކުރި މީހުން ސީ އެމްބިއުލާންސްގައި މިހާރު ދަނީ އޭދަފުއްޓަށް ދަތުރު ކުރަމުންކަމަށް މަޢްލޫމާތު ލިބިފައިވެއެވެ.
މިބޯޓު އަޑިއަށް ދާންފެށީ ރާޅެއް އެރުމުންކަމަށް އެނގިފައިވެއެވެ. އެއީ އޭދަފުއްޓާއި 4 ވަރަކަށް މޭލު ބޭރުންނެވެ. ބޯޓު އަޑިއަށް ދިޔައިރު ބޯޓުގައި ބ. އަތޮޅުގެ ވިޔަފާރިވެރިން ގެނދިޔަ ގިނަ ޢަދަދެއްގެ މުދާ ބޯޓުގައި ހުއްޓެވެ.
ބޯޓުން ދަތުރުކުރި އެންމެންގެ ޙާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނެފައިވަނީ ބޯޓު ދިޔާވާން ފެށިކަމުގެ ޚަބަރު ފުރަތަމަ ލިބުނީ ފަތިހު 5.22 ގައި ކަމަށެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުމް ގޯސް ދުވަސްވަރެކެވެ.

މިލިޔުމާއި ގުޅުންހުރި: