ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ

ހަބަރު

ދައުލަތުގެ ބަންޑާރަނައިބު ރިއްފަތު މަޖިލީހަށް ޙާޒިރުކޮށްފި، ތަޅުން ހަލަބޮލިވެފައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 5 ޖޫން 2023 , ހޯމަ 10:27   302

މިއަދު ހެނދުނުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، ބަންޑާރަ ނައިބު އަލްއުސްތާޒު ރިއްފަތު އިބްރާހިމް ޙާޒިރުވެވަޑައިގެންފިއެވެ.

ބަންޑާރަ ނައިބު މަޖިލީހަށް ޙާޒިރުކުރެވިފައި މިވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައެވެ. މީގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބަންޑާރަނައިބު މަޖިލީހަށް ވަޑައިގަންނަވަން ނުޖެހޭކަމަށް ވިދާޅުވެފައެވެ.

ބަންޑާރަ ނައިބު މަޖިލީހަށް ހާޒިރުކުރެވިފައިވަނީ، ރާއްޖޭގެ ކަނޑުން ބައެއް ބޭރުގެ ގައުމަކަށް ދޫކޮށްފައިވާ މައްސަލައިގައެވެ. ޤާނޫނު އަސާސީ ބުނާގޮތުން، ބަންޑާރަ ނައިބެއްގެ އެންމެ އިސް ވާޖިބެއްކަމުގައި ވަނީ ސަރުކާރު ދިފާޢުކުރުމުގެ ބަދަލުގައި ދައުލަތް ދިފާޢުކުރުމެވެ.

ޗާގޯސް މައްސަލައިގައި، ރާއްޖޭގެ ޤާނޫނުތަކާއި ފުށުއަރާކަމަށް މައްސަލަ ހުށަހަޅުއްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު ވިދާޅުވެފައެވެ.

ކީއްވެގެންތޯ ދައުލަތުގެ ހިމާޔަތުގައި ވާހަކަ ނުދެއްކެވީ؟ ކުރީގެ ސްޓޭޓް ބަދަލު ކުރެއްވީ ކީއްވެގެންތޯ؟ މިއީ ސަރުކާރާއި ގުޅިގެން ހިންގާފައިވާ ޖަރީމާއެއް. ދިވެހި މަސްވެރިކަމަށް ލިބުނު ގެއްލުމުގެ ޒިންމާ ބަންޑާރަ ނައިބު އުފުއްލަވަން ޖެހޭނެ.

~ މަޑުއްވަރީ ދާއިރާގެ މެމްބަރު

ބަންޑާރަނައިބު އަރިހުގައި ވަޑައިގެންނެވި ދެ ބޭފުޅުން އަރިހުގައި ބައިތިބައިދިނުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެން އެދިވަޑައިގަތުމުން، ރިޔާސަތުން ވަނީ އެހުށަހެޅުން ބަލައިގަނެ އެގޮތަށް ޢަމަލުކުރެއްވުމަށް އިދާރީ މުވައްޒަފުންނަށް އިރުޝާދުދެއްވާފައެވެ.

މަޖިލީސް ހިނގަމުން ދިޔަ ވަގުތު ރައީސް ސޯލިޙް އަށް ނިސްބަތްކޮށް ލަވަ ޖަހާފައިވެއެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ މަސައްކަތް ކުރައްވަމުންދާކަމަށް ބައެއް މަޖިލީސް މެމްބަރުން ވިދާޅުވެފައިވެއެވެ.

ސަރުކާރު ދިފާޢުކުރައްވާ މެމްބަރުން، ފުލުފުލުން ނިޒާމީ ނުކުތާތައް ނަންގަވަމުން ގެންދިއުމާއި ގުޅިގެން، 10.30 ސައި ގަޑިއަށް މަޖިލީހުގެ ޖަލްސާ މެދުކަނޑާލިއިރު މައްސަލަ ހުށަހަޅައި ނިމިފައި ނުވެއެވެ. ނަމަވެސް ސައި ގަޑިއަށް ފަހު މައްސަލަ ހުށަހެޅުމަށް ޖާގަ ދީފައިވެއެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.