ބައިނަލްޢަޤްވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބިލަބޮންގ ހައި ކެންގަރޫ ކިޑްސް އައްޑޫ ސިޓީ އިން ދަރިވަރުންނާއި އެކު ގަސް އިންދުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.
މި ޕްރޮގްރާމް އޮތީ މިއަދު ހަވީރު ސްކޫލްގެ ގޯތި ތެރޭގައެވެ.
އެކްސްޕްރެސް ނިއުސް އާއި ވާހަކަ ދައްކަވަމުން އެސްކޫލްގެ ޕްރިންސިޕަލް މޮހްސިނާ މިރްޒާ ވިދާޅުވީ، މިޕްރޮގްރާމްގެ މަޤްޞަދަކީ ދަރިވަރުންގެ މެދުގައި ޤުދުރަތީ ހިތްގައިމުކަމާއި ރީތިކަން ވަޒަންކޮށް، ތިމާވެއްޓަށް ބަހައްޓާ ސަމާލުކަން އިތުރު ކުރުމެވެ.
"އެމީހުން ގަސްގަހާގެހި އަމިއްލަ އަށް އިންދައި ހެދީ. ދެން އެ ގަސްތަކަށް އެކުދިންގެ އަމިއްލަ ނަމުން ނަންދީފައިވޭ" ޕްރިންސިޕަލް ވިދާޅުވިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ދަރިވަރުން މިގަސްތަކަށް އަޅާލައި ފަރުވާދީ ހަދާނެއެވެ. އަދި މީގެ ސަބަބުން ދަރިވަރުންގެ މެދުގައި ގަސް އިންދުމަށް އޮތް ޝަޢުޤުވެރިކަން އިތުރުވެ ތިމާވެއްޓަށް ކަންކަން އުފެދިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށް ވެސް ޕްރިންސިޕަލް މޮހްސިނާ ވިދާޅުވެފައިވެއެވެ.
މިޕްރޮގްރާމްގައި ގިނަ ޢަދަދަކަށް ބެލެނިވެރިން ވެސް ބައިވެރިވެފައިވެއެވެ.
މިލިޔުމާއި ގުޅޭ ބައެއް ފޮޓޯތައް



