ރައީސް ނަޝީދު، އެމްޕީ އަސްލަމްގެ މަޖިލީސް 19 ޕްރައިމަރީ ކެމްޕޭނުގައި އައްޑޫގައި

ހަބަރު

ޕީޖީ ލީޑަރު ހުށަހަޅުއްވައި، އެމްޑީޕީގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ދިއުމަށް ފާސްކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 6 ޖޫން 2023 , އަންގާރަ 13:18 1   588

އެމްޑީޕީގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓަކަށް ދިއުމަށް އެޕާޓީގެ ޕީޖީލީޑަރު މުޙައްމަދު އަސްލަމް ހުށަހަޅުއްވައި 36 މެމްބަރުންގެ ވޯޓާއިއެކު އެގޮތަށް ފާސްކޮށްފިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ މިމައްލައަށް ޕާޓީގެ އަޢްލަބިއްޔަތު ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

މިމައްސަލަ ހުށަހަޅުއްވަން ޖެހުނު ސަބަބެއްގެ ގޮތުގައި ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި ހުންނަވައިގެން ރައީސް ނަޝީދު ޢަމަލުކުރައްވަމުން ގެންދަވާގޮތުން ކަމަށެވެ.

"އިދާރީ ކަންކަން ފުރިހަމަ ވިހާ އަވަހަކަށް ހުށަހަޅާނެ" އަސްލަމް ވިދާޅުވިއެވެ.

މެމްބަރު އަސްލަމް އަކީ، ކުރިން ޖުމްހޫރީ ޕާޓީގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް ފަހުން އެޕާޓީ ދޫކުރައްވައި ރައީސް ނަޝީދުގެ އެހީތެރިކަމާއިއެކު ސިޔާސީ މަސައްކަތްތަކެއް ކުރައްވަން ފެއްޓެވިއެވެ. މެމްބަރު އަސްލަމް އަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވަނިކޮށް، 19 ވަނަ މަޖިލީސް އިންތިޚާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހޯއްދަވައިދެއްވުމަށް ރައީސް ނަޝީދު ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

ކޯލިޝަން ޕާޓްނަރުންގެ މެދުގައި ގޮނޑިތައް ބެހުމާއި ދެކޮޅަށްއޭރު އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނަށް ފާޅުގައި ގޮން ޖައްސަވައި، ނޫއިޤްތިޞޯދުގެ ހުވަފެންތަކާއިއެކު އެޖެންޑާ 19 ގެ ދަށުން އެމްޑީޕީގެ މެނިފެސްޓޯ ތައްޔާރުކޮށް، ރާއްޖޭގެ ހުރިހާ ދާއިރާތަކަށް އެމްޑީ ތަމްސީލުކުރާނެ ކެންޑިޑޭޓުން ނެރެ، ޕާޓީ ޖޯޝު ގެނެސް، 65 މެމްބަރުންގެ ސުޕަރމެޖޯރިޓީ ހޯއްދަވައިދެއްވީ ރައީސް ނަޝީދުގެ ބުރަ މިންނެތް މަސައްކަތުންނެވެ.

އަދި އެމްޑީޕީ މިއަދު މިދެކޭ ކާމިޔާބުތަކުގެ މޭސްތިރިއަކީ ރައީސް ނަޝީދުކަމަށް ވީހިނދު، އެމަނިކުފާނާއި ދޭތެރޭ މިސަރުކާރުގެ އިސް ލީޑަރުން ޢަމަލުކުރައްވަމުން ގެންދަވާގޮތުން، ގިނަ އެމްޑީޕީ މެމްބަރުންގެ މެދުގައި ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ. އެމަނިކުފާނަށް ތާޢީދުކުރައްވާ ފަރާތްތައް ވަޒީފާތަކުން ވަކިކުރުމާއި ވަޒީފާގެ ބިރުދެއްކުން ފަދަ ގިނަ ފިއްތުންތައް ދަނީ ކުރިމަތި ކުރުވަމުންނެވެ.

ޓެގްސް: އެމްޑީޕީ ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.