އައްޑޫގެ ބިން ހިންގުމުގެ ޕްރޮޖެކްޓް ހިންގާ ވެންއޫދު ކުންފުނިން އަޅާފައިވާ ބޮއިތަކުގެތެރެއިން ބޮއި އެއް

ހަބަރު

ވެންއޫދުން އަޅާފައިވާ ކޮލިޓީ މޮނިޓާރ ކުރާ ބޮއިތަކާއި ގާތްނުވުމަށް އެދެފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 7 ޖޫން 2023 , ބުދަ 20:55   408

އައްޑޫގައި ބިން ހިއްކުމުގެ ޕްރޮޖެކްޓް ހިންގާ ނެދަރލޭންޑްސްގެ ވެންއޫދު ކުންފުނިން އައްޑޫގެ ދެ ސަރައްޙައްދެއްގައި މޮނިޓަކުރުމަށްޓަކައި ބޮއި ތަކެއް އަޅާފައިވާތީ، މި ބޮއިތަކަށް ސަމާލުކަން ދިނުމަށް އެކުންފުނިން އެދެފިއެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަ ދައްކަމުން ވެންއޫދު ކުންފުނީގެ އޮފިޝަލުން ބުނެފައިވަނީ މި ބޮއިތައް އެޅުމުގެ ބޭނުމަކީ ކޮންނަން ފަށާފައިވުމާއިއެކު ފެނުގެ ކޮލިޓީއަށް އަންނަ ބަދަލުތައް ދެނެގަތުމާއި މާހައުލު މޮނިޓާރ ކުރަމުން ގެންދިއުންކަމަށެވެ.

މީގެތެރެއިން އެއް ބޮއި އަޅާފައިވަނީ ހިމާޔަތްކުރެވިފައިވާ ސަރަޙައްދެއް ކަމުގައިވާ ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް އާއިވީ ދިމާލުންނެވެ. އަނެއް ބޮއި އަޅާފައިވަނީ މާކަނޑު މަންތާ ޕޮއިންޓާއި ދިމާލުންނެވެ.

ވެންއޫދުން އެދިފައިވަނީ މި ބޮއިތަކާއި ގާތްނުވުމަށާއި، ބޮއިތަކުގައި އަތް ނުލުމަށެވެ.

ޓެގްސް: ތިމާވެށި ވެންއޫދު ބިން ހިއްކުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.