އޮމާން އެއާރގެ ފްލައިޓެއް

ހަބަރު

އޮމާން އެއާގެ ދަތުރުތައް އަނެއްކާވެސް ރާއްޖެއަށް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 10 ޖޫން 2023 , ހޮނިހިރު 10:30   405

އޮމާން އެއާރގެ ދަތުރުތައް ރާއްޖޭއަށް އަލުން ފަށަން ތައްޔާރުވެއްޖެއެވެ.

އޮމާން އެއާއިން ވަނީ ކޮވިޑްގެ ކުރިން ތިން ފަހަރެއްގެ މަތިން ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. އެއީ 2016، އަދި 2018 ގައި، އަދި އެންމެ ފަހުން 2019 ގައެވެ. ތަފާތު އެކި ސަބަބުތަކާއިހުރެ މިދަތުރުތައް ދެމެހެއްޓެނިވި ގޮތަކަށް ކުރެވިފައިނުވެއެވެ.

ރާއްޖެއަށް މިވަގުތު ބޭރުގެ 35 އެއާލައިނަކުން ދަތުރުކުރެއެވެ.

މިއަހަރުގެ ފިނި މޫސުމާއި ދިމާކޮށް ޤަތަރުން ފަށާ މިދަތުރުތައް ފަށާނީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ. އެއީ ވެލާނާ އެއާރޕޯޓާއި އޮމާންގެ މަސަކަޓް އެއަރޕޯޓާއި ދެމެދުއެވެ.

ކޮންމެ ހަފްތާއަކު ވެސް ހަތަރު ދަތުރު ބޭއްވުމަށް ރާވާފައިވާއިރު، އެއްކޮޅު ޓިކެޓެއްގެ އަގަކީ 385 ޑޮލަރުކަމަށް އޮމާން އެއާރގެ ވެބްސައިޓުން ދައްކައެވެ.

ޓެގްސް: އޮމާން އެއާރ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.