ފާންތަރި މަދަހަ މުބާރާތުގައި ވަނަވަނަ ހޯދި ކުދިން ފޮޓޯއަކަށް ހުއްޓިގެން

ހަބަރު

ފާންތަރި މަދަޙަ މުބާރާތުގެ 1 ވަނަ ޝަދާ ހޯދައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 11 ޖޫން 2023 , އާދީއްތަ 22:27   571

ޝާޢިރުންގެ ވާދީ އާއި އެކްސްޕްރެސް މީޑިއާ ގުޅިގެން ބޭއްވި ފާންތަރި މަދަޙަ މުބާރާތުގެ 1 ވަނަ ، ސ. ހިތަދޫ މަވާލި، ޢައިޝަތު ޝަދާ ހޯދައިފިއެވެ. ޝަދާ އަށް ވަނީ މިމުބާރާތުގެ 18 އަހަރުން ދަށުގެ ޢުމުރުފުރާ އާއި ޢާންމު ބައިންވެސް 1 ވަނަ ލިބިފައެވެ. ފާންތަރި މަދަޙަ މުބާރާތުން 2 ވަނަ ލިބުނީ އައިއާރް ޤުރްއާން ކްލާހުން ބައިވެރިވި ދަރިވަރު، މަރްޔަމް ޙަޔާ ބިންތި ޙުސެއިން އަށެވެ. މި މުބާރާތުގެ 3 ވަނަ ލިބިފައިވަނީ ސ. ހިތަދޫ ނަލަހިޔާގެ ، ޝާހާ ފާއިޒްއަށެވެ.

2 ބަޔަކަށް ބަހާލައިގެން ކުރިއަށްދިޔަ މިމުބާރާތުގެ ޢާންމު ބައިގެ އެއްވަނަ ޢައިޝަތު ޝަދާ ހޯދިއިރު މިބައިން ދެވަނަ ޙާސިލް ކުރީ ޝާހާ ފާއިޒްއެވެ. ޢާންމު ބައިން 3 ވަނަ ލިބުނީ ސ.ފޭދޫ ވާދީ، މަލްކާ މުޙައްމަދު ޙަބީބަށެވެ. މިމުބާރާތުގެ މުވައްސަސާ ތަކުގެ ބައިން އެއްވަނަ ހޯދީ އައިއާރް ޤުރްއާން ކްލާހުން ބައިވެރިވި ދަރިވަރު މަރްޔަމް ޙަޔާ ބިންތި ޙުސެއިންއެވެ. 2 ވަނަ އަދި 3 ވަނަ ވެސް ލިބުނީ އައިއާރްގެ 2 ދަރިވަރުން ކަމަށްވާ ޢައިޝަތު ޝުހާ ނިޡާމް އާއި ޒާރާ ޒަރްޤާ ޒަރީރަށެވެ. ފާންތަރި މަދަޙަ މުބާރާތުގެ ޢުމުރުފުރާ ތަކަށް ބަލާއިރު 10 އަހަރުން ދަށުގެ ބައިން 1 ވަނަ ހޯދީ ސ.ފޭދޫ ވާދީ، މަލްކާ މުޙައްމަދު ޙަބީބެވެ. 2 ވަނަ ހ. އޮއެސިސްވިއު ރަހީޝްއަޙްމަދު ޝަރީފް ހޯދިއިރު މިޢުމުރުފުރާގެ 3 ވަނަ ލިބުނީ ސ.ހިތަދޫ ޝިޢާރު މުޙައްމަދު އަކްޔަސް އަސްއަދަށެވެ.

މުބާރާތުގެ 15 އަހަރުން ދަށުގެ ޢުމުރުފުރާއިން 1 ވަނަ ލިބުނީ ސ.ހިތަދޫ ނަލަހިޔާގޭ ޝާހާ ފާއިޒްއަށެވެ. 2 ވަނަ ސ.ހިތަދޫ ބިންމަތީގޭ، ފާޠިމަތު ޔާނާ ޙާރިޘް ހޯދިއިރު، މިޢުމުރުފުރާއިން 3 ވަނަ ލިބުނީ ސ.ފޭދޫ ބީޗްކޯނަރ، ޒައިނަބް ޒީކާ ޙާފިޒަށެވެ. މިމުބާރާތުން 1 ވަނަ މުވައްސަސާއަކަށް ހޮވުނީ އައިއާރް ޤުރްއާން ކްލާހެވެ. މުވައްސަސާތަކުގެ ބައިން 2 ވަނަ ލިބުނީ ގްރީން އާޓްސް އަށެވެ.

ފާންތަރި މަދަޙަ މުބާރާތުގެ ޅެން ވެރިކަމުގެ ބައިން 1 ވަނަ ލިބުނީ ޝާހާ ފާއިޒް ކިޔާފައިވާ ނޫރުއްނަބީ މިޅެމަށެވެ. މިޅެން ހައްދަވާފައިވަނީ ސ.ހިތަދޫ ކެމީ ޙަސަން ލަބީބެވެ. މިމުބާރާތުގެ ޅެންވެރިކަމުގެ ބައިން 2 ވަނަ ލިބުނީ ގދ.ތިނަދޫ އަލިދޯދި ޢަބްދުﷲ ޢަފީފު ހައްދަވާފައިވާ ކުފުރު ޝިރުކާ، މިޅެމަށެވެ. މިޅެން ކިޔާފައިވަނީ އައިއާރް ޤުރްއާން ކްލާހުގެ ދަރިވަރު ޒާރާ ޒަރްޤާ ޒަރީރެވެ. މުބާރާތުގެ ޅެންވެރިކަމުގެ ބައިން 3 ވަނައަށް 2 މަދަޙައެއް ވަނީ ހޮވިފައެވެ. އެއީ ޙަސަން ލަބީބު ހައްދަވާފައިވާ މަގުންވީ ރަސޫލާ، މިޅެމާއި ޢަބްދުﷲ ޢަފީފު ހެއްދެވި ޖައްވާއި ފަލަކު ، މިޅެމެވެ. މީގެ ތެރެއިން މަގުން ވީ ރަސޫލާ ، މި މަދަޙަ ކިޔާފައިވަނީ ސ.ހިތަދޫ ހިލާލީ މަންޒިލް އަންޢުމް މުޙައްމަދު ޚަލީލެވެ. މުބާރާތުގެ 3 ވަނަ ޅެން ކަމަށްވާ ޖައްވާއި ފަލަކު ، އަކީ ފާންތަރި މަދަޙަ މުބާރާތުގެ މުޅި މުބާރާތުން 1 ވަނަ އަށް ހޮވުނު ޢައިޝަތު ޝަދާ ކިޔާފައިވާ މަދަޙައެވެ.

މިމުބާރާތް ކުރިއަށްދިޔައީ ފަނޑިޔާރުންގެ ޙާޒިރުގައެވެ. މަދަޙަ ހުށެހެޅީ މިއުޒިކާއި ނުލައެވެ. މުބާރާތުގެ ފަނޑިޔާރުންނަކީ އުސްތާޛު އަޙްމަދު ނާސިރު، އަލްފާޟިލު ޢަލީ ނަސީރު އަދި އަލްފާޟިލު މުޙައްމަދު ޒަހީން އެވެ.

މިއީ ޝާޢިރުންގެ ވާދީން ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް ސިލްސިލާކޮށް ކުރިއަށް ގެންދާ މަދަޙަ މުބާރާތުގެ މިއަހަރުގެ މުބާރާތެވެ. ކުރީން މި މުބާރާތް ބާއްވަމުން އައި ގޮތަށް ބަދަލުތަކެއް ގެނެސް “ފާންތަރި މަދަޙަ މުބާރާތު”ގެ ނަމުގައި މިފަހަރުގެ މުބާރާތް ބޭއްވީ ޝާޢިރުންގެ ވާދީގެ އިތުރުން އެކްސްޕްރެސް މީޑިއާ އާއި ގުޅިގެން ، ހަމައެކަނި އައްޑޫސިޓީއަށް ހުޅުވާލައިގެންނެވެ.

މިމުބާރާތުގެ ރެކޯޑިން ކުރިއައް ދިޔައީ ގަމުގެ އީކުއޭޓަރ ވިލެޖް ބްލޫ ލެގޫންގައި ހުންނަ މުޙައްމަދު ވަޙީދު ޑިޖިޓަލް ސްޓޫޑިއޯގައެވެ. މިމުބާރާތް ވަނީ އެސްއެސްޓީވީއިން ދުރަށް ދައްކާފައެވެ. އަދި އެކްސްޕްރެސް އެމްވީއިން ވަނީ މުބާރާތުގެ މަދަޙަތައް މީސް މީޑިއާގައި ދައުރުކޮށްފައެވެ.

މިމުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ އެސްއެސްޓީވީއެވެ. . ޑިޖިޓަލް ޕާޓްނަރަކީ މުޙައްމަދު ވަޙީދު ސްޓޫޑިއޯ އަދި ގްރީން އާރޓްސްއެވެ. ސޯޝަލް މީޑިއާ ޕާޓްނަރަކީ އެކްސްޕްރެސް މީޑިއާއެވެ. އެންޓަޓެއިންމެންޓް ޕާޓްނަރަކީ ދުންމާރީ ބޮނޑަބެރަ ގްރޫޕެވެ. މުބާރާތުގެ ޓްރާންސްޕޮޓޭޝަން އަދި ގިފްޓް ޕާޓްނަރަކީ ބީޓެކްއެވެ. ހޮސްޓިން ޕާޓްނަރަކީ އީކުއޭޓަރ ވިލެޖެވެ. ޕްރިންޓިން ޕާޓްނަރަކީ ކޮންޓްރޯލް ޕީއެވެ. ޑެކަރޭޝަން ޕާޓްނަރ އަކީ އައްޑޫ ފްރެންޑްސް އަދި ގިފްޓް ޕާޓްނަރަކީ ކައުންސިލަރ އަޙްމަދު ސަޢީދުއެވެ. .

މިއީ މަދަޙަ ކިއުމުގެ ފަންނުވެރިކަމަށް މީހުން އަހުލުވެރިކުރުވައި، ކީރިތި ﷲ އާއި މާތް ނަބިއްޔާ

ގެ މައްޗަށް އޮތް ލޯބި އިތުރު ކޮށް، ދީނީ ޝިޢާރު ފާޅުކުރުމާއެކު ރަމަޟާންމަސް އިޙުޔާކުރުމުގެ މަޤްޞަދުގައި ޝާޢިރުންގެ ވާދީއާއި އެކްސްޕްރެސް މީޑިއާ ގުޅިގެން ބޭއްވި މުބާރާތެކެވެ. މީގެ އިތުރަށް ދިވެހި ފަސްގަނޑުން ފެންވަރު ރަނގަޅު މަދަޙަ ކިއުންތެރިން އުފަންކޮށް މިހުނަރު ތަރައްޤީކޮށް ކުރިއެރުވުމާ އެކު ދިވެހި އަދަބިއްޔާތަށް ލޯބި ޖައްސައި ދިވެހިވަންތަ ރާގާއި ޅެމުގެ އުފެއްދުންތައް އިތުރު ކުރުންވެސް މި މުބާރާތުގެ މަޤްޞަދުގެ ތެރޭ ހިމެނެއެވެ.

މިލިޔުމާއި ގުޅޭ ފޮޓޯތައް

ޝަދާގެ ހުށަހެޅުން

ޓެގްސް: އައްޑޫގައި ބޭއްވޭ އިވެންޓްތައް މުބާރާތްތައް ބަސް އިސްލާމްދީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.