ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ރިޔާސަތާއި ޙަވާލުވެވަޑައިގެ، މަޖިލީހުގެ މިއަދު ޖަލްސާގައި

ހަބަރު

ކޮމިޓީގެ މަސައްކަތް ފުރިހަމަ ނުވާތީ އީވާގެ މައްސަލަ ކުރިއަކަށް ނުގެންދެވި ހަލަބޮލިކަމެއްގައި ޖަލްސާ ނިންމާލައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 12 ޖޫން 2023 , ހޯމަ 12:00   178

ރައްޔިތުންގެ މަޖިލީހަށް ސަރުކާރަށް ތާޢީދުކުރައްވާ މެމްބަރުން، މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުއްﷲ އެމާގާމުން ދުރުކުރުމަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި ގޮތެއް ނުނިމި ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހުގެ އަމީން ޢާއްމު ފާތިމަތު ނިޔުޝާ، ކޮމިޓީގެ މަސައްކަތް ފުރިހަމަނުވެ މަޖިލީހުގެ ނައިބު ރައީސް ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން ރިޔާސަތުން ވަނީ މިމައްސަލަ އެޖެންޑާކުރުމަށް ދެކޮޅުހައްދަވާފައެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފެވެ. އެއީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޖަލްސާގައި ބައިވެރިވުމަށް އުޒުރުވެރިވެފައިވާތީ، އެބޭފުޅާގެ ފަރާތުން ޙަސަން އަފީފުގެ ނަން ހުށަހަޅުއްވާފައިވާތީއެވެ.

ޖަލްސާ ފެއްޓެވުން ސަރުކާރަށް ތާޢީދުކުރައްވާ މެމްބަރުން ހަޅުތާލުކޮށް، ޖަލްސާކުރިއަށް ގެންދިއުމަށް ހުރަސް އަޅާފައިވެއެވެ.

އެންމެފަހުން ނިޒާމު ގެއްލި އިތުރަށް ޖަލްސާ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި މިއަދުގެ މަޖިލީސް ޖަލްސާ ނިންމާލާފައިވެއެވެ.

ދެން މަޖިލީހުގައި ޖަލްސާއެއް އޮންނާނީ މާދާމާ ހެނދުނެވެ.

މިއަދަކީ އީވާގެ މައްސަލައިގައިޮ ގޮތެއް ނިންމުމަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް މުއްދަތު ހަމަވާ ދުވަސްވެސް މެއެވެ.

މަޖިލީހުގައި މެމްބަރުން ތަމްސީލުކުރާ ޕާޓީތަކަށް ބަދަލު އައިސްފައިވާތީ، މަޖިލީހުގައި ކޮމިޓީތަކުގެ ނިސްބަތް ބެހިގެންދާގޮތް [ރޭޝިއަށް] ބަދަލުތަކެއް އައިސްފައިވާތީ، އަމީން ޢާއްމު ވިދާޅުވަނީ، މިމައްސަލައި އިތުރަށް ކުރިއަށް ދެވޭނީ، ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ފުރިހަމަވުމުންކަމަށެވެ. މިއީ އަމީން ޢާއްމުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ. ނަމަވެސް، ޕާޓީތަކުގެ މެދުގައި މިހާތަނަށް ކޮމިޓީތައް ބެހުމާއިމެދު ގޮތެއް ނިންމިފައި ނުވެއެވެ.

ޓެގްސް: ރައީސް މުހައްމަދު ނަޝީދު އެމްޕީ އީވާ ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.