މިފްކޯގެ މަސްކިރާ ބޯޓު، ޖަޒީރާ 103 ގދ. ފަރެސްމާތޮޑާ ކައިރީގައި ބަނދަރުކޮށްފައި

ހަބަރު

މިފްކޯއަށް އަލަށް ގެނައި ބޯޓު 15ޓަނު ނުކިރެނީސް އަނެއްކާވެސް ހަލާކުވެއްޖެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 12 ޖޫން 2023 , ހޯމަ 21:04   476

މިފްކޯއަށް އަލަށް ގެނައި ބޯޓު 15 ޓަނު ނުކިރެނީސް އަނެއްކާވެސް ހަލާކުވެއްޖެއެވެ.

މިބޯޓު ބޮޑު ރަސްމިއްޔާތަކާއިއެކު ގދ.ފަރެސްމާތޮޑާ ބަނދަރުން މަސްގަންނަން ފަށާފައިވަނީ މިދިޔަ މޭމަހުގެ 18 ވަނަ ދުވަހުއެވެ.

މަސްގަންނަންފެށިތާ މާގިނަ އިރުތަކެއްނުވަނީސް މައްސަލަޖެހިގެން އޮޕަރޭޝަން ހުއްޓާލައި، 4 ދުވަހުގެ މެއިންޓެނެންސް މަސައްކަތަށްފަހު ފަރެސްމާތޮޑާ ބަނދަރުން 15 ޓަނުގެ މަސްގަތްތަނާ އަނެއްކާ މައްސަލަޖެހިގެން ޖަޒީރާ 103 މިހާރު އަންނަނީ ކޫއްޑޫގައި މެއިންޓަނެންސަށް ބަނދަރުކޮށް މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރަމުންނެވެ.

ޖަޒީރާ 103 މަސްކިރަންފެއްޓިތާ ކުޑައިރުކޮޅެއްގެތެރޭގައި ހަލާކުވެ، ނޫސްތަކުގެ ފަލަސުރުހިން ޖާގަހޯދުމުން ވެސް އެއީ ނުވާކަމަކަށް ހަދާފައިވާކަމަށާއި، ކުޑަމަރާތެއްކޮށް، އެއީ ރަގނަޅު ބޯޓެއްކަމަށް މުޅިމީޑިޔާތަކަށް ދެއްކުމަށްފަހު މިފްކޯގެ ސީއީއޯ އިސްމާއީލްފައުޒީ ވަނީ އެބޯޓް މާތޮޑާ ބަދަރަށްފޮނުވާފައިކަމަށް އެސަރަޙައްދުގެ މަސްވެރިން އެކްސްޕްރެސް ނިއުސް އަށް މަޢްލޫމާތު ދީފައިވެއެވެ.

އެފަހަރު ބޯޓަށްގަނެވުނީ އެންމެ 15 ޓަނުގެމަސް. ފުރަތަމަ ފަހަރު ބޯޓަށްނެގުނީ 60 ޓަނުގެ މަސް. ފެށުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސީއީއޯ ބުނީ މިބޯޓަކީ ޒަމާނީ ފެންވަރުގެ ބޯޓެއްކަމަށް. ދުވާލަކަށް 120 ޓަނުގެ މަސް ގަނެވޭނެކަމަށްބުނި. އެއީ ކަނޑައެޅިގެން ދޮގެއް. މަސްވެރިންނަށް މިފްކޯގެ ސީއީއޯވަނީ ވަރަށްވޮޑަށް އޮޅޮވާލާފައި. ބޯޓަށް މަސްގަނެވުނީ 2 ދުހައެއްގެ މަތިން 10 ގަޑި އިރަށް. ބޯޓް ރިޕެއާގައި އޮންނަތާ މިއަދާއިހަމައަށް މިވީ 22 ދުވަސް. މިއީ އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫން.

~ މަސްވެރިއެއް، ފަރެސްމާތޮޑާ އިން

މަޢްލޫމާތު ލިބޭގޮތުގައި ބޯޓަކީ 37 އަހަރުވެފައިވާ، ޖަޕާނުގައި 10 އަހަރަށް ބޭނުންކޮށްފައިވާ ވަރަށްބާބޯޓެކެވެ.

ފިނިކުރާ ނިޒާމުގެ ޕައިޕްލައިންވަނީ ފީވެފައިވެފައެވެ. ބޯޓުގައި މަސައްކަތްކުރާ 30 ވަރަކަށް މުވައްޒަފުންގެ ފަރާތުންވެސް ގިނަ ޝަކުވާތަކެއް ލިބިފައިވެއެވެ. ތަޢައްޔަރުވެފައިވާފެނުން ފެން ބޭނުންކުރަން ޖެހުމާއި، ފެނާއި ތެޔޮ ރައްކާކުރެވޭނެ ގޮތެއް ނެތްކަމަށާއި، 30 މުވައްޒަފުން ބޭނުންކުރަން ހުރީ އެންމެ ފާޚާނާއެއްކަމާށާއި، މިއީ އިންސާނީ ޙައްޤަށް އަރައިގަތުންކަމަށް ދެކޭކަމަށް ވެސް މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުން ކިޔައިދީފައިވެއެވެ.

ބޯޓް ގަތުމުގެ ކުރިން، މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ކުންފުނީގެ ހަރަދުގައި އިތުރު މުވައްޒަފަކާއިއެކު ޖަޕާނަށް ދަތުރުކޮށްފައިވާއިރު، މުވައްޒަފުން ބުނަނީ، ގެންދެވި މުވައްޒަފަކީ ކަމުގެ ތަޖުރިބާ އާއި މަޢްލޫމާތު ނެތް ފަރާތެއް ކަމަށެވެ.

އުމުރުން ދުވަސްވެފައިވާ ބޯޓްތަކަކީ ހެޔޮއަގުގައި ޖަޕާނުން ލިބޭ ބޯޓުތަކެކެވެ. ނަވެސް މިބޯޓު ގަތުމަށް މިފްކޯއިންވަނީ ގިނަ ޢަދަދެއްގެ ފައިސާ ޚަރަދުކޮށްފައިކަމަށް ވެސް މަޢްލޫމާތު ލިބިފައިވެއެވެ.

ޓެގްސް: މިފްކޯ މަސްވެރިކަމުގެ ސިނާޢަތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.