މިހާތަނަށް 42 ފަރާތަކަށް މިފުރުޞަތު ދެވިފައިވޭ، އަދި 30 ފަރާތަކަށް ދާއިމީ ވަޒީފާ ދެވިފައިވޭ

ހަބަރު

ޑިގްރީ އަށް ކިޔަވަމުންދާ ދަރިވަރުންނަށް ބީއެމްއެލްއިން އިންޓާރންޝިޕަށް އަނެއްކާވެސް ހުޅުވާލައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 13 ޖޫން 2023 , އަންގާރަ 08:41   563

ޑިގްރީ އަށް ކިޔަވަމުންދާ ދަރިވަރުންނަށާއި، ނިންމާފައިވާ ދަރިވަރުންނަށް ޚާއްޞަކޮށްގެން، ބީއެމްއެލްއިން އިންޓާރންޝިޕަ ފުރުޞަތުދިނުމުގެ ޕްރޮގްރާމެއް އަނެއްކާވެސް ފަށައިފިއެވެ.

މިހާރު އިޢްލާންކޮށްފައިވާ މި ފުރުޞަތުގެ ދަށުން ރާއްޖޭގެ ކޮލެޖް އަދި ޔުނިވާސިޓީތަކުގައި ޑިގްރީ ފުރިހަމަ ކުރަމުންދާ ދަރިވަރުންނާއި ދަސްވެނިވެފައިވާ ޑިގްރީ ހޯލްޑަރުންނަށް އެއް އަހަރުދުވަހަށް ބީއެމްއެލް އާއިއެކު މަސައްކަތްކޮށް ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި އެކި އެކި ބްރާންޗްތަކުގައި މަސައްކަތްކޮށްލުމުގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ.

މިޕްރޮގްރާމް ގެ ދަށުން ޒުވާނުންނަށް މާލީ ދާއިރާގައި ވަޒީފާގެ ފުރުސަތު ހޯދުމަށާއި ފަށައިގަތުމަށް ބޭނުންވާ ހުނަރު އިތުރުކުރުމަށް ފުރުސަތު ލިބިގެންދާނެ

~ ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރ، ސަހާ ވަހީދު

ދިވެހިރާއްޖޭގެ ޤައުމީ ބޭންކު، ބީއެމްއެލް އިން މިހާތަނަށް މިފަދަ 42 ފުރުޞަތެއް ފަހިކޮށްދީފައިވާއިރު އޭގެ ތެރެއިން 30 ބައިވެރިއަކަށް ދާއިމީ ވަޒީފާ ހަމަޖައްސައި ދީފައިވެއެވެ.

މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް 6،000 ރުފިޔާގެ މުސާރައިގެ އިތުރުން ޕެއިޑް ލީވް އެލަވަންސް ލިބިގެންދާނެކަމަށް ވެސް ބޭންކުން ބުނެފައިވެއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން، ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ކުރިން އޮންލައިންކޮށް އެޕްލައި ކުރަންވާނެއެވެ. އިތުރު މައުލޫމާތު އެ ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މިލިޔުމާއި ގުޅޭ

ޓެގްސް: ބީއެމްއެލް ވަޒީފާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.