އެމަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ދަޢުވަތަކަށް

ހަބަރު

ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެންފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 14 ޖޫން 2023 , ބުދަ 09:22   112

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެންފިއެވެ. އެމަނިކުފާނު ކުޅުދުއްފުއްޓަށް އިއްޔެ ވަޑައިގެންނެވީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ދަޢުވަތަކަށެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި، ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ 2 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވެއެވެ. މިރަސްމިއްޔާތު ބާއްވާފައިވަނީ ރޭގައެވެ.

ރަސްމިއްޔާތުގައ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަނީ ކައުލްސިލްތައް ލާމަރުކުރުމާއި، ކައުންސިލްތައް ބާރުވެރިކުރުމާއި ގުޅޭގޮތުން ވާހަކަ ވާހަކަފުޅު ދައްކަވާފައިވެއެވެ.

އެއްވެސް އިރެއްގައި މާލޭގައި ތިބޭ ބަޔަކު، ވެރިކަމުގައި ތިބޭ ބަޔަކު، އެއީ އަދި ކޮންމެ ތަނަކުން އައިސް ވެރިކަމުގައި ތިއްބެއްކަމަކު، އެބާރު ދޫކުރަން އޮންނަނީ ވަރަށްބޮޑަށް ދަތިވެފައި

~ ރައީސް ނަޝީދު

އިތުރަށް ވާހަކަފުޅު ދައްކަވަމުން ކުޅުދުއްފުށީ ކައުންސިލުން ކުރައްވަމުން ގެންދަވާ ބުރަމަސައްކަތާއި، ދައްކަވަމުން ގެންދަވާ ނަމޫނާއަށްޓަކައި އެކައުންސިލަށް ޝުކުރު އަދާކުރައްވައި ހިތްވަރު ދެއްވާފައިވެއެވެ.

ދާދިފަހުން ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ހުރިހާ މެމްބަރުން ވަނީ ސަރުކާރު ފަޅިން ވަކިވެ، ރައީސް ނަޝީދުގެ ދަ-ޑިމޮކްރެޓްސް ޕާޓީގެ މަސައްކަތާއި ގުޅިވެޑައިގެންފައެވެ.

ޓެގްސް: ރައީސް މުހައްމަދު ނަޝީދު ކުޅުދުއްފުށި ލާމަރުކަޒީ ނިޒާމު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.