އިސީ، ނަޝާތު ވިދާޅުވަނީ ޕްރޮސެސްއަށް އިތުބާރުކުރައްވާކަމަށް

ހަބަރު

ޚިޔާލު ތަފާތުވުމުގެ ސަބަބުން ދަ ޑިމޮކްރެޓްސް އުފެއްދުން މަޑުޖެހިފައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 ޖޫން 2023 , ހޯމަ 10:10   473

ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދަވާ 'ދަ ޑިމޮކްޓްސް' ޕާޓީ އުފެއްދުމުގައި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދި ޕާޓީ އުފެއްދުމުގެ މަސައްކަތް މަޑުޖެހިއްޖެއެވެ.

އެ ކޮމިޝަންގެ ރައީސް ފުޢާދު ތައުފީ އިއްޔެ ވިދާޅުވީ، "ހުއްދަ ދިނުން ލަސް ކުރަން ދެ މެންބަރަކު ބޭނުންވާތީ" ހުއްދަދިނުން މަޑުޖެހިފައިވާކަމަށެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށްޓަކައި ބޭނުންވާ ސޮޔާއިއެކު ކޮމިޝަނަށް ހުށަހަޅާފައިވާތާ ތިން ހާފްތާއަށްވުރެ ގިނަދުވަސް ވެފައިވެއެވެ. ޕާޓީ އުފެއްދުން ލަސްވާތީ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އެޕާޓީގެ ގިނަ މެމްބަރުންތަކެއް ވަނީ ކަމިޝަނަށް ވަޑައިގެން ޝުޢޫރު ފާޅުކުރައްވާފައެވެ.

އިތުރަށް އެމެމްބަރުން ބުނެފައިވަނީ، ޕާޓީއެއް އުފެއްދުމުގައި ޢަމަލުކުރަން ޖެހެނީ ޝަރީޢަތް ހިންގާ އުސޫލުް ނޫންކަމަށާއި ކަންކަން ހިނގަންޖެހޭނީ އުސޫލްތަކުގެ ތެރެއިންކަމަށެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުން ގާނޫނުން ލިބިދޭ އިހްތިޔާރުގެ ތެރެއިން ތިން މަހަށް ދަންމައިލަން ދެ މެމްބަރަކު ބޭނުންވަނީ.

~ މެމްބަރުންނާއި މުޚާތަބުކުރައްވައި، ކަމިޝަންގެ ރައީސް ފުއާދު

ކަމިޝަންގެ މެމްބަރުންގެ ތެރެއިން، ބައެއް މެމްބަރުން ވަނީ އެކި މީޑިއާތަކަށް މަޢްލޫމާތު ދެއްވާފައެވެ. އެގޮތުން މެމްބަރު އަލީ ނަޝާތު ވިދާޅުވެފައިވަނީ ބަލަން ޖެހޭކަންކަން ބެލުމުގައި އޮންނަ ޕްރޮސެސް އަށް އިތުބާރުނުކުރައްވާ ކަމަށެވެ. ނަމަވެސް ހުއްދަ ދޫކުރުން ލަސްކުރަން ނޫޅުއްވާކަމަށެވެ. އަދި އެ ޕްރޮސެސް ފުރިހަމަވިހާ އަވަހަކަށް ހުއްދަ ދެއްވާނެކަމަށެވެ.

އިލެކްޝަން ކޮމިޝަން ކޮމިޝަންގެ މެމްބަރަކު ޕާޓީ އުފެއްދުމުގައި ބަލަންޖެހޭ ޕްރޮސެސްއަށް އިތުބާރުނެތްކަމަށް ބުނުމަކީ ކަންބޮޑުވާކަމެއްކަމަށް އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ބުނެފައިވެއެވެ.

މީގެ ކުރިން، އިލެކްޝަންސް ކަމިޝަނުން ވަނީ ތިން ހަފްތާ އަށް ވުރެ ކުރުމުއްދަތެއްގެ ތެރޭގައި މޯލްޑިވްސް ތާޑްވޭ ޕާޓީ ގެ ނަމުގައި ޕާޓީއެއް ހިންމުގެ ހުއްދަ ދެއްވާފައެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި ބޭއްވުނު ކަމިޝަންގެ ބައްދަލުވުމުގައި ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވޯޓު ދެއްވީ އެޕާޓީއަށް ހުއްދަ ދިނުމަށެވެ. ނަމަވެސް މެންބަރު ނަޝާތާއި މުހައްމަދު އާސިފް ވޯޓު ދެއްވީ ހުއްދަ ނުދޭށެވެ.

ދަ ޑިމޮކްރެޓްސް އިން މީގެ ކުރިން ވިދާޅުވެފައިވަނީ އަންނަ ރިޔާސީ އިންތިޚާބުގައި އެޕާޓީއިން ވާދަކުރައްވާނެކަމަށެވެ.

ޓެގްސް: އިލެކްޝަންސް ކަމިޝަން ދަ ޑިމޮކްރެޓްސް ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.