28 ވަނަ ދުވަހާއި ހަމައަށް ޖާގަ ނުލިބޭ، މޯލްޑިވިއަންގެ ފްލައިޓެއް ގަން އެއަރޕޯޓުގައި ބަނދަރުކޮށްފައި

ހަބަރު

މާލެ-ގަން ހުރިހާ ފްލައިޓެއް ފުލް، ޖާގަ ނުލިބޭތީ ގިނަ ބައެއްގެ ޝަކުވާ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 21 ޖޫން 2023 , ބުދަ 10:38   3160

މޯލްޑިވިއަން މާލެ-ގަން ސެކްޓާރގެ ހުރިހާ ފްލައިޓެއް ފުލްވެ، ޖާގަ ނުލިބޭތީ ގިނަ ބަޔަކު ޝަކުވާކުރަން ފަށައިފިއެވެ.

މިކަމާއި ގުޅިގެން މޯލްޑިވިއަން އަށް ގުޅާލުމުން ވިދާޅުވީ ޖޫން މަހުގެ 28 ވަނަ ދުވަހާއި ހަމައަށް އެއްވެސް ފްލައިޓަކުން ޖާގަ ނުލިބޭކަމަށެވެ.

މާދަމާ ފިޔަވައި އެހެން ހުރިހާ ދުވަހަކަށް ޝެޑިއުލްކޮށްފައިވަނީ މާލެ އިން ގަމަށް ދުވާލަކު އެންމެ ހަތަރު ފްލައިޓެވެ. މީގެ ކުރިން މޯލްޑިވިއަނުން ބޮޑެތި ބަންދުތަކާއި ދިމާކޮށް ޝެޑިއުލް ދަތުރުތައް އިތުރުކުރެއެވެ.

މިއަހަރުގެ ޢީދު ބަން ދިމާވެފައިވަނީ ސްކޫލްތަކުގެ އަހަރީ ޗުއްޓީއަށް ބަންދުކޮށްފައިވާ ވެސް ދުވަސްވަރާއި ކަމުން ގިނަ ބަޔަކު ތިބީ ދަތުރުކުރުމަށް އެދިއެދި އެވެ.

މޯލްޑިވިއަނުން ފްލައިޓައް ދަތުރުވެރިންނަށް ފަސޭހަވާނެހެން ޝެޑިއުލް ނުކުރާތީއާއި ޓިކެޓްތަކުގެ އަގުތައް ސަރުކާރުން ވަޢުދުވިގޮތަށް ތިރިކޮށްފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ ޓިކެޓެއް އެންމެ ހެޔޮކޮށް ލިބެން ހުރީ 1،687 ރ. އަށް ކަމަށެވެ.

އަގުތައް އެހާ ބޮޑު. އެހެން ބަޔަކަށް މިކަން ކުރެވިޔަދެނީކީ ނޫން. ކުރިއަށް މިއޮތީ ބޮޑު ޗުއްޓީ. ރަށުން ބޭރަށް ކޮންމެހެން ދާން އެބަ ބޭނުންވޭ. މީނޫން ގޮތެއް އެބަ ބޭނުންވޭ.

~ ނަން ހާމަކުރަން ނޭދޭ ފަރާތެއް

ޢާއްމު ރައްޔިތުންގެ އިތުރުން ޓޫރިސްޓު ހޮޓާ ހިންގާ ފަރާތްތަކުން ވެސް އަންނަނީ މޯލްޑިވިއަންގެ ޚިދުމަތާއި ދޭތެރޭ ހިތްހަމަ ނުޖެހި ގިނަ ޝަކުވާތަކެއް ކުރަމުންނެވެ.

އެގޮތުން ޓޫރިސްޓް ހޮޓަލެއް ހިންގާ ފަރާތަކުން އެކްސްޕްރެސް ނިއުސް އަށް މަޢްލޫމާތު ދެއްވިގޮތުއި، މިއީ ލޯ ސީޒަނަށް ވެފައި، އެޑްވާންސްކޮށް ބުކްކޮށްގެން އަންނަ ޓޫރިސްޓުން ވަރަށް މަދު ކަމަށެވެ. އަދި ޢީދު ބަންދާއި ދިމާކޮށް ގިނަ ޚަރަދުތަކެއްކޮށް ތައްޔާރީތައް ވެފައިވާކަމަށާއި، މިގޮތަކަށް މިކަން ދިމާވުމުން ވަރަށްބޮޑަށް ހިތްހަމަ ނުޖެހޭކަމަށެވެ.

ބޮޑު ޢީދާއި ދިމާކޮށް އައްޑޫސިޓީ ކައުންސިލުން ވެސް އަންނީ ގިނަ ޙަރަކާތްތަކެއް ރާވަމުންނެވެ. އޭގެ ތެރޭގައި ފަންނާނުންގެ މިއުޒިކްޝޯއެއްގެ އިތުރުން އައްޑޫގެ ހުރިހާ ރަށެއްގައި ގިނަ ކުޅިވަރު ޙަރަކާތްތަކެއް ހިންގުމަށް ރޭވެމުންދާކަމަށް އައްޑޫ ސިޓީ މޭޔަރ ޢަލީ ނިޒާރު ވަނީ ވިދާޅުވެފައެވެ.

ޓެގްސް: މޯލްޑިވިއަން ޢީދު ފާހަގަކުރުން އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.