މިނިސްޓަރ އައިޝަތު ޢަލީ

ހަބަރު

ސްޓޭޝަނަރީ ވައުޗަރ މިއަހަރުވެސް ދޭނީ ޕްރިންޓްކޮށްފައި، ޓީޗަރުންނަށް ހުރިހާ ބުރައެއް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 22 ޖޫން 2023 , ބުރާސްފަތި 00:08   510

މާދަމާ (ބުރާސްފަތި ދުވަހަކީ) މި ހިނގާ ދިރާސީ އަހަރުގެ އެންމެ ފަހުދުވަހެވެ. ދިވެހިރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް މާދަމާ އޮންނާނީ ރިޕޯރޓް ފޮތް ދިނުމެވެ. އާންމުގޮތެއްގައި ރިޕޯރޓް ފޮތާއެކު ކުރިއަށް އޮންނަ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ވައުޗަރ ބެލެނިވެރިންނާ ހަވާލުކުރާނެއެވެ. އަދި ވައުޗަރ ދިނުމުގެ މަސައްކަތަކީ ޓީޗަރުންނަށް ބޮޑު ތަކުލީފަކަށްވެއެވެ. މިހާތަނަށް މުދައްރިސުންނާއި ސްކޫލްތަކުގެ އެހެން މުވައްޒަފުން ރޭގަނޑު ނުނިދާ ހޭލާތިބެއެވެ. މިހެންމިކަން ދިމާވުމުގެ އަސްލަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަންތައްތައްކުރާގޮތުގެ ދޯދިޔާކަންކަމަށް މުދައްރިސުން ފާހަގަކުރެއެވެ.

"މިއަހަރުގެ ސްޓޭޝަނަރީ ވައުޗަރގެ ކަންތައް މިދަނީ އެހެން އަހަރުތަކަށްވުރެ މާ ކަންތައް ބޮޑުކޮށް!" ސްކޫލެއްގެ އިސްވެރިއަކު ކިޔައިދިނެވެ. "މިގޮތަށް މިކަންތައް ކުރިއަށް ގެންދިއުމުން ހުރިހާ ބުރައެއް ޓީޗަރުންނަށް. ޓީޗަރުން ހޭލާތިބެގެންވެސް ކުރާނެ." ލީޑިންގ ޓީޗަރަކު ކިޔައިދިނެވެ.

މިދިޔަ ހަފްތާގައި ސްކޫލްތަކަށް އެންގިގޮތުންނަމަ، މިއަހަރު ވައުޗަރުތައް ޕްރިންޓްކުރާގޮތަށް ހަމަޖެހިފައެއްނުވެއެވެ. މިނިސްޓަރީ އޮފް އެޑިއުކޭޝަން އިން އޭރު އެންގިގޮތުންނަމަ، ކޮންމެ ބެލެނިވެރިޔަކުވެސް މީމިސް (އެޑިއުކޭޝަން އިން ގެންގުޅޭ ސޮފްޓްވެއަރ ޕޯރޓަލް) މެދުވެރިކޮށެވެ. އެހެންކަމުން ކޮންމެ ބެލެނިވެރިޔަކުވެސް އެ ޕޯރޓަލްއަށް ލޮގިންކުރުމަށްފަހު އެމީހަކު ސްޓޭޝަނަރީ ނަގަންބޭނުންވާ ފިހާރައެއް ސިލެކްޓްކުރުމުން އެ ބުކްޝޮޕަކަށް އެވަރުޗަރ ފެންނާނެއެވެ. އަދި މިކަމަށްޓަކައި ހުރިހާ ބެލެނިވެރިންނަށް ޔޫޒާރނޭމް އާއި ޕާސްވާރޑް ދޭނެކަމަށްވެސް މިނިސްޓަރީއިން އެންގިއެވެ.

އޭގެފަހުން، މި ޕްރޮސެސް ހިނގާނެގޮތް ބުކްޝޮޕްތަކަށް ކިޔައިދިނުމަށްޓައި ބޭއްވުނު ބައްދަލުވުންތަކުގައި ބައްދަލުވުމުގައި ބައިވެރިވި ގިނަ ބުކްޝޮޕްތަކުން ދެކޮޅުހެދިއެވެ. އެ ބައްދަލުވުމުގެ ބައިވެރިއަކު ކިޔައިދިންގޮތުންނަމަ، މިއީ ރިޔާސީ އިންތިހާބަށް މިހާ ކުޑަތަންވެފައިވަނިކޮށް، އެގޮތަށް އެކަންކުރުމުން ގިނަ ބެލެނިވެރިންގެ ނުރުހުން ސަރުކާރަށް އަމާޒުވާނެކަމަށްވެސް ބައެއް ބުކްޝޮޕްތަކުގެ ވެރިންފާހަގަކުރިއެވެ. އަދި އެކަން އެގޮތަށް އޮތުމުން، ގިނަ ބެލެނިވެރިން އިޚްތިޔާރުކުރާނީ މާލޭގެ ބޮޑެތި ބުކްޝޮޕްތައްކަމަށްވެސް ބައެއް ބުކްޝޮޕްތަކުގެ ވެރިން ފާހަކުރިކަމަށްވެސް އޭނާ ކިޔައިދިނެވެ. "އެ ގޮތަށް އޮތަސް އަހަރުމެންނަށް މައްސަލައެއް ނެތް. މައްސަލަޖެއްސީ ބޮޑެތި ފިހާރަތަކުން."

މި ބައްދަލުވުމަށްފަހު، ޕޯރޓަލް މެދުވެރިކޮށް އެކަންނުކުރާގޮތަށް ނިންމިވާހަކައާއި، އެސްއެމްއެސް ގެ ޒަރީއާއިން ދެން ކޮންމެ ބެލެނިވެރިއެއްގެ ފޯނަށް ދާނީ އޭނާގެ ނަމުގައި ރަޖިސްޓަރީވެފައިވާ ދަރިވަރުންގެ ވައުޗަރގެ އޯޓީޕީ ކޯރޑުތައް ފޮނުވާގޮތަށް ނިންމުނުކަމަށް މިނިސްޓަރީން ސްކޫލްތަކަށް އެންގިއެވެ. އެހެންކަމުން ހުރިހާ ދަރިވަރުންގެ މައުލޫމާތުތައް އަޕްޑޭޓްކުރުމަށް ސްކޫލްތަކަށް އެންގިއެވެ. ރިޕޯރޓްފޮތަ ތައްޔާރުކުރުމުގެ މަސައްކަތާއެކުވެސް ޓީޗަރުން މިމަސައްކަތް ނިންމާފައިވާކަމަށް ބައެއް ސްކޫލްތަކުން މައުލޫމާތުދެއެވެ.

ނަމަވެސް މިއަދު (ބުދަދުވަހު) މިނިސްޓަރީ އޮފް އެޑިއުކޭޝަނުން ސްކޫލްތަކަށް އަންގާފައިވަނީ، މާދަމާ ވައުވަރުތައް ދަރިވަރުންނަސް ދިނުމަށް ހަމަޖެހިފައިވަނީ، ކުރިންވެސް އެކަންކުރަމުން އައި ގޮތަށް ވައުޗަރތައް ޕްރިންޓްކޮށްގެންނެވެ. "މިއީ ދެރަކަމެއް. މުދައްރިސުން މިރޭ ތިބެންޖެހޭނީ ނުނިދާ." އިސްވެރިއަކު ކިޔައިދިނެވެ.

ކޮންމެ އަހަރަކުވެސް މިކަން މިދުވަސްވަރު އޮންނާނެކަން ދަނެގެން ދުރާލާ މިކަމަށް {މިނިސްޓަރީ އޮފް} އެޑިއުކޭޝަނުން ތައްޔާރުވާނަމަ، މިކަމަކީ މިހާބޮޑު ތަކުލީފަކަށް ވާކަށް ނުޖެހޭނެ. ރިޕޯރޓާއެކު ގިނަ ބެލެނިވެރިން ވައުޗަރ ބޭނުންވޭ. މިވީގޮތުން، މިރޭ ހޭލާތިބެގެންވެސް އެ ޕްރިންޓްނަގައި ސޮއިކޮށް ތައްގަޑުޖަހައި ތައްޔާރުކުރަންޖެހޭނެ.

~ ސަރުކާރު ސްކޫލެއްގެ އިސްވެރިއަކު

މިނިސްޓަރީ އޮފް އެޑިއުކޭޝަނުން އަބަދުވެސް ކަންތައްކުރަނީ އެއްވެސް ޕްލޭނެއްނެތި ކުއްލިކުއްލިއަށް ކަމަށާއި، ބޮޑެތި މައްސަލަތައް ފެންމަތިނުވަނީ މުދައްރިސުންގެ ބުރަ މަސައްކަތުން ކަމަށް ތައުލީމީ ދާއިރާ އަށް ނިސްބަތްވާ ގިނަބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

ޓެގްސް: ތަޢްލީމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.