ރައީސް ނަޝީދު މަޖިލީހުގައި އިދިކޮޅު މެމްބަރުންނާއި ބައްދަލުކުރައްވަނީ

ހަބަރު

ޕީޕީއެމް/ ޕީއެންސީ އާއި ޑިމޮކްރެޓްސް އެކުގައި މަސައްކަތްކުރަން މަޝްވަރާތައް ފަށައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 25 ޖޫން 2023 , އާދީއްތަ 12:21   200

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކަންކަން ކުރިއަށްގެންދަވާނެ ގޮތަކާއި ގުޅޭގޮތުންނާއި، ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމް-ޕީއެންސީ އެކުގައި މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުންތަކެއް ފެށިގެން ކުރިއަށް އެބަދެއެވެ.

މި މަޝްވަރާ ބައްދަލުވުންތައް ފެށިފައިވަނީ މިއަދު ހެނދުނު 10 ޖެހިއިރުއެވެ.

ދަ ޑިމޮކްރެޓްސް އިން ބުނެފައިވަނީ ބައްދަލުވުމަށްފަހު ތަފްޞީލްތައް މީޑިއާ އާއި ޙިއްޞާކުރައްވާނެކަމަށެވެ.

މީގެ ކުރިން މިފަދަ ނުރަސްމީ ބައްދަލުވުންތަކެއް މަޖިލީސް ގޯތިތެރޭގައި ވެސް ބޭއްވިފައިވެއެވެ.

ރައިސް އިބްރާހިމް މުޙައްމަދު ސޯލިހް ގެ ވެރިކަން ބަދަލުކުރުމަށްޓަކައި މީގެ ކުރިން ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާއި ވެސް ދަ ޑިމޮކްރެޓްސްގެ ފަރާތުން މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.

ޓެގްސް: ދަ ޑިމޮކްރެޓްސް ޕީޕީއެމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.