ފޭސް 2، ސަރުކާރުން ބަހާލާފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ހިއްކާފައިވާ ބިންތައް

ހަބަރު

އިންތިޚާބަށް ދެ މަސް، ގޯތިތައް ދީފައިހުރީ އިންސާފެއްނެތި ވޯޓަށް ނުފޫޒުފޯރުވަން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 27 ޖޫން 2023 , އަންގާރަ 10:42   455

ރިޔާސީ އިންތިޚާބަށް އެންމެ ދެމަސް ދުވަހަށް ވެފައިވަނިކޮށް ސަރުކާރުން އެއްވެސް ބެލުމެއްނެތި، އިންސާފުން އެއްކިބާކޮށް، ސަރުކާރަށް ތާޢީދުކުރާ ގިނަ ޢަދަދެއްގެ ބަޔަކަށް ގޯތިތައް ބަހާލާފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނަން ފަށައިފިއެވެ.

ސަރުކާރުން އިންތިޚާބާއި މިހާ ގާތްކޮށް ބިންތައް ދޫކޮށްފައިވާއިރު، މި ބިންތަކުގެ ތެރެއިން ބޮޑުބަޔަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހިއްކާފައިވާ ބިންތަކެވެ. އޭގެ އިތުރަށް ދެން ހުރީ ބިންހިއްކުމަށްޓަކައި އީއައިއޭ ވެސް ނެހެދި ހުރި ސަރަޙައްދުތައްކަމަށް މަޢްލޫމާތު ލިބިފައިވެއެވެ.

ރައީސް ޔާމީން ހިއްކެވި ބިންތައް ބަހާ ހުސްކޮށްލީ އެއްވެސް އިންސާފެއް ނެތި އިބްރާހިމް މުޙައްމަދު ސާލިޙްގެ ގާތް މީހުންނާއި ސަރުކާރުގެ ބޮޑުންނަށް.

~ އިދިކޮޅު ޕީޕީއެމް

އިތުރަށް ޕީޕީއެމް އިން ބުނެފައިވަނީ މިސަރުކާރުން ވެފައިވާ 20،000 ފްލެޓްގެ ވަޢްދު ވެސް ފުއްދާދެވިފައި ނުވާކަމަށެވެ.

މީގެ ކުރިން ސަރުކާރުން ބުނަމުން އައީ ގޯތިތައް ދޫކުރާނީ ބޭނުންޖެހިފައިވާ މީހުންނަށް ކަމަށެވެ. ނަމަވެސް، ފަހުވަގުތު ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވީ ގޯތި ދޫކުރާނީ ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ކަމަށެވެ.

ދިވެހިރާއްޖޭގައި ވޯޓާއި ދިމާކޮށް، ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި ބިން ދޫކުރުމަކީ ޒަމާނުއްސުރެ އެކިއެކި ސަރުކާރުތަކުގައި ކުރަމުން އަންނަކަމެކެވެ.

ގޯތިތައް ދޫކުރުމުގައި ކަންކަން ހިނގާފައިވާގޮތް ބެލުމަށް އޭސީސީއާއި ކަމާއި ބެހޭ މުއައްސަސާތަކަށް ޕީޕީއެމް އިން ގޮވާލާފައިވެއެވެ.

ޓެގްސް: އިންތިޚާބު ޕީޕީއެމް ބޯހިޔާވަހިކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.