ސ.މަރަދޫފޭދޫ ކުދިލުނބޯމާގެ ފިޔާޒާ މޫސާ ދީދީ އާއި ފަޒްމީން ފަހުމީއަށް ލިބިފައިވާ ތިން ދަރިންގެ ތެރެއިން ހަގު ދަރިފުޅު، ޢުމުރުން އެންމެ ދެ އަހަރުގެ ޢާއިޝާ ޒިވިއާ ފަޒްމީންއަކީ ދުނިޔެއިންވެސް މަދުން ނޫނީ ނުފެންނަ ބައްޔެއްކަމަށްވާ މެޓަކްރޮމެޓިކް ލިކޮޑިސްޓްރޮފީ ކިޔާ ބަލި ތަހައްމަލްކުރަމުން އަންނަ ކުއްޖެއްކަމަށް ޢާއިލާގެ ފަރާތުން އެކްސްޕްރެސް ނިއުސް އަށް މަޢްލޫމާތު ލިބިފައިވެއެވެ.
ޒިވިއާ އަށް މިޙާލަތު މެދުވެރިވެފައިވަނީ، މަދުންޖެހޭ ނާރުގެ ބައްޔެއްގެ ސަބަބުން އިންޑިއާގެ ވެއްލޫރުގެ ސީއެމްސީ ހޮސްޕިޓަލުން ފޯރުކޮށްދީފައިވާ ލިޔެކިޔުންތަކުގައި ބުނެފައިވެއެވެ.
އިތުރަށް އެލިޔުންތަކުގައި ބުނެފައިވަނީ ވީހާވެސް އަވަހަކަށް ސްޓެމްސެލް ޓްރާންސްޕްލާންޓެއް ނަހަދައިފިނަމަ ކުއްޖާގެ ފުރާނައަށް ނުރައްކާވާނެކަމަށެވެ. މިލިޔެކިޔުންތަކުގައި ވާގޮތުން މަދުވެގެން 43،000 ޑޮލަރު (ދިވެހި ރުފިޔާއިން ބަލާއިރު ހަ ލައްކަ އަށްވުރެ ރުފިޔާ) މިފަރުވާ ފޯރުކޮށްދިނުމަށް ބޭނުންވެއެވެ.
މިދެމަފިރިންނަށް ލިބިފައިވާ ތިން ކުދިންގެ ތެރެއިން ދެވަނަ ދަރިފުޅަކީ ވެސް ބަލި ކުއްޖެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެކުއްޖާ ވެސް ބަލިއެނދުގައި އޮންނަތާ 11 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމަށް ޢާއިލާގެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.
އެހެންކަމުން އާންމުންގެ ދީލަތި އެހީއަށް ޒިވިއާގެ އާއިލާ އިން ވަނީ އެދިފަ އެވެ.
އެހީދޭން ބޭނުންވާ ފަރާތްތަކުން:
ބީއެމްއެލް ރުފިޔާ އެކައުންޓް ނަމްބަރު: 7702303135101 (ފިޔާޒާ މޫސާ ދީދީ)
ބީއެމްއެލް ޑޮލަރު އެކައުންޓް ނަމްބަރު: 7730000534579 (ފިޔާޒާ މޫސާ ދީދީ)
ގުޅޭނެ ނަމްބަރު: 919042541633+

