ކުޅުދުއްފުށީގައި ހަ ވާ އަރުވާފައި

ހަބަރު

ކުޅުދުއްފުށީގައި މަޖާގޮތަކަށް ހަވާއަރުވައިފި

އަލީ އަޒްޔަން - އަތޮޅު ތެރެއިން | 29 ޖޫން 2023 , ބުރާސްފަތި 10:11   354

ކުޅުދުއްފުއްޓަކީ ޢާއްމުގޮތެއްގައިވެސް ތަފާތުގޮތަކަށް އެކި މުނާސަބުތައް ފާހަގަކުރާ ރަށެކެވެ.

މިފަހަރު އެރަށު ސިޓީކައުންސިލުން ކުރިއަށް ގެންދިޔަ ކުޅިވަރުތަކުގެ ހަވާއެރުވުން ހިމަނާފައިވެއެވެ.

ހަވާ އެރުވުމަކީ ޢާއްމުގޮތެއްގައި ބަޑިބޭހާއި އަލިފާނުގެ ކުޅިވެރެއްގެގޮތުގައި ވިސްނިފައި އޮންނަކަމަކަށް ވެފައި، ގިނަ ބަޔަކު ވަނީ މިޙަރަކާތް ބެލުމަށް ބުދަ ދުވަހުރޭ ގިނަ ބަޔަކުއެއްވިކަމަށް އެރަށުން ވާހަކަ ދެއްކިމީހަކު އެކްސްޕްރެސް ނިއުސްއަށް ކިޔައިދީފައިވެއެވެ.

މީހުން އެއްވެފައިވަނީ އެރަށުގެ ބަންޑާރަ މައިދާނަށެވެ.

އެހެންނަމަވެސް، ހުރިހާ އެންމެންވެސް ހީކުރިގޮތާއި ޚިލާފަށް، ބަޑިބޭހުގެ ބަދަލުގައި ފެނިގެން ދިޔައީ 6 ވާ އައްސައި، ކޮންމެ ވަލަކަށް ނަމްބަރެއް ދީފައިވާތަނެވެ.

އެރަށުގެ ގިނަބަޔަކަށް މިކަން ވީ މަޖާކަމަކަށް ކަމަށް އެރަށުން ވާހަކަދެއްކި މީހާ ބުނެފައިވެއެވެ.

ކުޅުއްދުއްފުށީގައި މިކަހަލަ ކިތަންމެ ހިނގާ ކޮންމެ އަހަރަކުވެސް. މިފަހަރު މިއޮތީ ހަވާއެރުވުން. ދެން ބައެއް ރަށުން ބޭރުން އައި ފަރާތްތަކަށް މިމަޖާ ރަނގަޅަށް ނަގައިނުގަނެވުނު ނަމަވެސް، ރަށުގެ ގިނަ ބަޔަކު ވަރަށް އެންޖޯއިކުރިކަމެއް މިކަމަކީ.

~ ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު

މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އަމާޒުކޮށްފައިވެއެވެ.

ކުޅުދުއްފުށީގައި މިއަދު މާލި ޕެރޭޑެއް ބާއްވާނެއެވެ. އިއްޔެ ވެސް ވަނީ ސަގާފީ އަދި ތާރީޚީ ގިނަ ކުޅިވަރުތަކެއް ދައްކާލާފައެވެ.

ޓެގްސް: ކުޅުދުއްފުށި ޢީދު ފާހަގަކުރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.