ފްރާންސްގައި ފުލުހަކު މީހަކު މަގުމަތިން ބަޑިޖަހައި މެރުމާއިގުޅިގެން ކުރިއަށްދާ މުޒާހިރާތަކުގެ ތެރެއިން

ހަބަރު

ފްރާންސް : ކަރުނަގޭހާއިއެކު ހަމަނުޖެހުންތައް ހޫނުވެފައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 2 ޖުލައި 2023 , އާދީއްތަ 10:23   323

ފްރާންސްގެ މާސޭ ސިޓީގައި ފުލުހުން ބަޑިޖަހައި ފުރާވަރުގެ ކުއްޖަކު މަރުވުމުން އެގައުމުގައި ފަސް ވަނަ ރޭ ހަމަނުޖެހުން ހިނގަމުންދާއިރު، ފުލުހުންނާއި ހަމަނުޖެހުން ހިންގާ މީހުންނާއި އުފެދިފައިވާ ނުތަނަވަސްކަން ވަނީ ވަރަށް ބޮޑުތަން ގޯސްވެފައެވެ.

ޢާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުން ކަރުނަގޭސް ބޭނުންކުރާއިރު، މާސޭގައި މަދުވެގެން 56 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

އެކަމަކު ޕެރިހުގެ މެދުތެރޭގައި ފުލުހުންގެ ބޮޑު ފައުޖުތަކުން ނިކުމެ މުޒާހަރާތައް ހުއްޓުވާފައިވާ މަންޒަރުތައް ވެސް ފެނިފައިވެއެވެ.

ޓްރެފިކް ސްޓޮޕަކުން ރެކެން ދުއްވާފައި ދަނިކޮށް ފުލުހަކު ބަޑިޖެހުމުން މަރުވި، ކަޅު ނަސްލުގެ ނަހޭލް އެމް، 17،ގެ ޖަނާޒާއަށް ގިނަ ބަޔަކު އެއްވެފައިވެއެވެ.

ފްރާންސްގެ ގިނަ ސިޓީތަކެއް ވަނީ މިމަރާއި ގުޅިގެން އަންގާރަ ދުވަހުން ފެށިގެން ހަލަބޮލިކަން އުފެދިފައެވެ.

އިންޓީރިއާ މިނިސްޓަރު ޖެރާލްޑް ޑާމަނިން ކުރެއްވި ޓްވީޓެއްގައި ވަނީ ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ތައުރީފު ކުރައްވާފަ އެވެ.

ހޮނިހިރު ދުވަހުގެ ދެވަނަ ރެއަށް މުޅި ސިޓީގައި 45،000 އެއްހާ ފުލުހުން ހަރަކާތްތެރިވި އެވެ.

ހުކުރު ދުވަހުގެ ރޭ 1300 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު ބުރާސްފަތި ދުވަހު 900 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެ އެވެ.

ޓެގްސް: ފްރާންސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.