އިލެކްސްޝަން ކަމިޝަން

ހަބަރު

ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ދީފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 2 ޖުލައި 2023 , އާދީއްތަ 11:11   326

"ދި ޑިމޮކްރެޓްސް" ގެ މަނުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ، އިލެކްޝަނާއި ގުޅޭ އިދާރާ، އިލެކްޝަންސް ކޮމިޝަނުން (އީސީ) ދީފިއެވެ.

މުއައްސިސެއްގެ ގޮތުގައި ހަސަން ލަތީފް ހުށަހަޅުއްވާފައިވާ މިޕާޓީއަކީ މިހާރު މިއޮތް ރައީސް ސޯލިހްގެ ވެރިކަން ބަދަލުކޮށްލުމަށް އުފައްދާފައިވާ ޕާޓީއެއްކަމަށް އެފަރާތުން ބުނެފައިވެއެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދި ޑޮމޮކްރެޓްސް އިން ވާދަކުރާނެކަމަށް ބެލެވެއެވެ.

އިސީ އިން މި ހުއްދަ ދޫކޮށްފައިމިވަނީ، ޤާނޫނާއި ޚިލާފަށް އީސީ އިން އެޕާޓީ އުފެއްދުމަށް ހުރަސް އަޅާފައިވާކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލަ ވައްދާފައިވަނިކޮށެވެ.

މި މައްސަލައާއި މެދު ގޮތެއް ނިންމުމަށް އީސީއިން ވަނީ އޮންލައިންކޮށް ބައްދަލުވުމެއް ބާއްވާފައެވެ.

ދާދި ފަހުން އެމްޑީއިން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އައްނި) ދާދި އަވަހަށް ދި ޑިިމޮކްރެޓްސްގެ ޙަރަކާތްތަކާއި ގުޅިވަޑައިގަންނަވާނެކަމަށް އެޕާޓީގެ އިސް ފަރާތްތަކުން ބުނެފައިވެއެވެ.

ޓެގްސް: ދަ ޑިމޮކްރެޓްސް އިލެކްޝަންސް ކަމިޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.