ރާއްޖޭގައި ވިއްކާ ސްވީޓްނާރގެ ބާވަތެއް. މިކަމާއި ގުޅިގެން އެފްޑީއޭ އެއްޗެކޭ ބުނެފައިނުވޭ.

ހަބަރު

އާޓިފިޝަލް ހަކުރު ބޭނުންނުކުރަން ޑަބްލިއުއެޗްއޯއިން ލަފާދީފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 3 ޖުލައި 2023 , ހޯމަ 11:10   609

ހަކުރުގެ ބަދަލުގައި ބޭނުންކުރާ އާޓިފިޝަލް ސްވީޓްނާ (ޑައިބެޓިކް ހަކުރު) އަކީ ދިގު މުއްދަތަކަށް ބޭނުންކުރުމުން ސިއްޙީގޮތުން ބޮޑެތި ގިނަ މައްސަލަތަކެއް ދިމާވާކަމެއްކަމަށް، ދުނިޔޭގެ ސިއްޙަތާއި ބެހޭ ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން ނެރެފައިވާ ރިޕޯޓްތައް ބުނާގޮތުން، އެޖަމްޢިއްޔާއިން ކުރިއަށް ގެންގޮސްފައިވާ ސައިންޓިފިކް ދިރާސާތަކުން ދައްކާގޮތުގައި ދިގުމުއްދަތަކަށް އާޓިފިޝަލް ސްވީޓްނާ ބޭނުންކުރާނަމަ ހަކުރު ބަލީގެ ޓައިޕް 2 އާއި ހިތުގެ ބަލިތައް ޖެހުމަށް ވަރަށް ބޮޑަށް މަގުފަހި ވެގެންދެއެވެ. އަދި ކުއްލިއަކަށް މަރުވާބަލި (ސަޑެން ޑެތް ސިންޑްރޯމް) ގެ ޝިކާރައަކަށް ވުމުގެ ފުރުޞަތު ވެސް ބޮޑުވެއެވެ.

އެއްވެސް ނިއުޓްރިޝަނަލް ވެލިއުއެއް ނުހުންނަ ޑައިބެޓިކް މިބާވަތްތައް، ގިނަ ބަޔަކު ފަހަކަށް އައިސް ބޭނުންކުރަނީ ބަރުދަން ކޮންޓްރޯލް ކުރުމަށެވެ.

ޑަބްލިއު އެޗްއޯއިން ލަފާދީފައިވަނީ ބަރުދަން ކޮންޓްރޯލް ކުރުމުގައި އެހެން ގޮތްތައް ބޭނުންކުރުމަށް އެދިފައެވެ. އަދި ހަކުރު ކެއުން މަދުކުރުމަށް ގުދްރަތީ މޭވާ ކެއުމުގައި ހިމެނުމަށާއި ކެއުން ބުއިމުގެ އާދަކާދަތައް ބަދަލުކުރުމަށެވެ.

އެޖަމްޢިއްޔާއިން ވަނީ ކެއުންބުއިމުގައި އެއްވެސް ވަރަކަށް މިބާވަތުގެ ތަކެތި ބޭނުންނުކުރުމަށް ލަފާދީފައެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖޭގެ ކާބޯތަކެތީގެ ސިއްޙީ މިންގަނޑުތައް ދަމަހައްޓާ އިދާރާ، ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ވަކި އެއްޗެކޭ ބުނެފައިނުވެއެވެ.

ޓެގްސް: ސިއްޙަތު އެފްޑީއޭ ޑަބްލިއުއެޗްއޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.