މަޖިލީހުގެ މެމްބަރުން ބޭނުންވި ކޮންޓްރެކްޓްތައް ދިނުން ފިޔަވާ އިތުރުކަމެއް ނުކުރާކަމަށް ރޭ ވާޙަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި

ހަބަރު

"ކޮންމެ ރަށެއްގައި ފަސްފުންޏެއް، ބޮޑު ސިންގާ ސްކޭލެއްގައި އަކުންބަކުން ކުޅެނީ" - ރައީސް ނަޝީދު

އަލީ އަޒްޔަން - ކ. މާލެ | 10 ޖުލައި 2023 , ހޯމަ 11:49   148

ކޮންމެ ރަށެއްގައި ފަސްފުންޏެއް، ބޮޑު ސިންގާ ސްކޭލެއްގައި އަކުންބަކުން ކުޅެނީކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރޭ، އަލަށް އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީގެ، ހައުސް އޮފްދަ ޑިމޮކްރެޓްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، މިސަރުކާރުން ރައްޔިތުން އެދުނުކަންކަން ފޯރުކޮށްދިނުމުގެ ބަދަލުގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޭނުންވާ ކޮންޓްރެކްޓްތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރުގެ ބޮޑެތި މަޝްރޫޢުތައް އަޅުގަނޑުމެން ހިންގަމުން ދާކަމަށެވެ.

ރާއްޖޭގެ އެއްވެސް ރަށެއް ނެތް ފަސްގަނޑު ނުޖަހާ. ބޮޑުސިންގާ ސްކޭލެއްގައި އަކުންބަކުން ކުޅެމެކޭ ރާއްޖޭގެ ރަށްރަށެކޭ އެއްވަރު. ކޮންމެ ރަށެއްގައި ފަސްފުންޏެއް. އެއްވެސް މަސައްކަތެއް ނިންމިފަކާއެއް ނެތް.

~ ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ފެއްޓެވި ނަރުދަމާތައް، އަދިވެސް އެތައް ރަށެއްގައި ކޮއްޓާލަ ކޮއްޓާލައި ތިބިކަމަށާއި، ރައްޔިތުންނަށް ބޭނުންވާކަމެއް މިދިޔަ ފަސްއަހަރުތެރޭ އަޅުގަނޑުމެންނަށް މިއޮތީ ފޯރުކޮށް ނުދެވިފައިކަމަށެވެ.

"ޑިމޮކްރެޓުން އެބޭފުޅުންގެ ސިޔާސަތުތަކާއިއެކު އެބަ ނިކުމޭ. ޑިމޮކްރެޓުންގެ ސިޔާސަތުތައް އެބޭފުޅުން އެބަ، ރާއްޖޭގެ ރައްޔިތުންނަށް ހުށަހެޅުމަށް ތައްޔާރުވޭ." އަލަށް އުފެދިގެންދާ ޕާޓީގެ ސިޔާސަތުތަކަށް ޢިޝާރާއްކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ޑިމޮކްރެޓުންކޮށްދޭނެކަންކަމުގެ ތެރޭގައި، ދައުލަތުގެ ދަރަނި އަދާކުރާނެގޮތާއި، ޓެކްސް ބޮޑުވަމުންދާ މިންވަރާއި ޓެކްސް ކުޑަކުރެވޭނެ ގޮތާއި، ޖީއެސްޓީ އާއިއެކު ތަކެތީގެ އަގު އުފުލިގެން ދިއުން ހުއްޓުވުމާ|އި، ޒުވާނުންގެ ވަޒީފާގެ ފުރުޞަތުތައް ފަހިކުރުން ހިމެނެއެވެ.

ޒުވާނުންގެ ތެރެއިން 40 ޕަސެންޓް ޒުވާނުން ވަނީ ވަޒީފާ ނެތިފައި ކަމަށް ވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ އަންނާން އޮތް ޖީލަށް، ދިވެހިރާއްޖެ ރައްދުކޮށްދިނުމަށްޓަކައި، ކުރާންހުރި މަސައްކަތްތައް، ސަރުކާރަށް މިވަނީ ހަމަ އެއްގޮތަކަށް ވެސް ނުކޮށްކަމަށެވެ.

"މިޕާޓީއަށް ވޯޓުދޭ ކޮންމެ ރައްޔިތަކީ އިތުރުކަމަށް ވޯޓުދޭނޭ މީހެއްނޫން. އޭނާގެ އަމިއްލަ ޙާލަތު. އޭނާ އާއި އޭނާގެ ޢާއިލާ އާއި، އޭނާ އާއި އޭނާގެ ދަރިންނާއި އޭނާގެ ގޭގެ މީހުންނާއި ހެޔޮގޮތެއް، ރަނގަޅުގޮތެއް، ތަނަވަސް ގޮތެއް، ހޯދާދޭނޭ، ފޯރުކޮށްދޭނޭ ސިޔާސަތުތައް ތަންފީޒުކުރާނޭ ޕާޓީއެއް. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކިތަންމެކަމެއް މިޕާޓީން އިރާދަކުރެއްވިޔާމު ކޮށްދޭނެ." ރައީސް އިތުރަށް ވިދާޅުވިއެވެ.

މިލިޔުމާއި ގުޅޭ ވީޑިއޯ ފުޓޭޖު

މިލިޔުމާއި ގުޅޭ ފޮޓޯތައް

ޓެގްސް: ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.